ބޮލީވުޑް

"ހަމް ހިންދުސްތާނީ: ގިނަ ފަންނާނުންތަކެއްގެ އަސަރުގަދަ ލަވައެއް

"ހަމް ހިންދުސްތާނީ" ލަވައިގައި 15 ވަރަކަށް ފަންނާނުން ބައިވެރިވޭ
0%
0%
0%

ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ބައެއް ފަންނާނުން އެކުވެގެން ވަރަށް ވަތަނީ ޝުއޫރު އެކުލެވޭ ލަވައެއް ނެރެފި އެވެ.

އިންޑިޔާގެ މިނިވަން ދުވަހާ ދިމާކޮށް ނެރުނު މި ލަވައަށް ކިޔަނީ "ހަމް ހިންދުސްތާނީ" އެވެ.

މި ލަވައިގައި އަމީތާބު ބައްޗަން އާއި ލަތާ މަންގޭޝްކަރްގެ އަޑުން ކިޔާފައިވާ ޑައިލޯގް ކޮޅެއް ހިމަނާފައިވާއިރު ލަވަ ކިޔާފައިވަނީ ޕަދްމީނީ ކޯލާޕޫރޭ، ސޯނޫ ނިގަމް، ކައިލާޝް ކޭރް، އަލްކާ ޔަގްނިކް، ޝައްބީރް ކުމާރު، ޝްރައްދާ ކަޕޫރު، ސޮނާކްޝީ ސިންހާ، ޝްރޫތީ ހުސައިން، ތާރާ ސުތާރިއާ އަދި އަންކިތު ތިވާރީ އެވެ.

މިއީ ޕަދުމިނީގެ ދަރިފުޅު ޕްރިޔަންކް ޝަރުމާ އާއި ޕަރަސް މެހެތާ ގުޅިގެން އުފެއްދި ލަވަ އެކެވެ.

ޕަދުމިނީ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މި މަސައްކަތަކީ އެމީހުންގެ އަމިއްލަ މިއުޒިކް ކުންފުނި ދަމާކާ ރެކޯޑްސްގެ ފުރަތަމަ އުފެއްދުމެވެ.

މިއީ ކޮވިޑް-19ގެ ޕެންޑެމިކްގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފްރަންޓްލައިންގައި މަސައްކަތްހުރި ހިތްވަރުގަދަ ބަތަލުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށް ވެސް ޕަދްމިނީ ބުންޏެވެ.

ތަފާތު ގޮންޖެހުންތަކާ އެކު އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެމީހުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމަށް އެމީހުންނަށް މި ލަވަ ޚާއްސަކޮށްފައިވާ ކަމަށްވެސް ޕަދްމިނީ ބުންޏެވެ.

"ހަމް ހިންދުސްތާނީ"ގެ މިއުޒިކް ޑައިރެކްޓަރަކީ ދިލްޝާދު ޝައްބީރް ޝޭޚް އެވެ. ލިރިސިސްޓް އަދި ކޮމްޕޯސާ އަކީ ކަޝިޝް ކުމާރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345