ސޮނާކްޝީ ސިންހާ

ކައިވެންޏަށް ހެދުމެއް އިހްތިޔާރު ކުރަން ނެގީ ފަސް މިނެޓް: ސޮނަކްޝީ

ކައިވެނި ޕާޓީއަށް ހެދުން ފަހާނެ ގޮތެއް ހޯދުމަށް ނުވަތަ ހެދުމެއް ގަތުމަށް ގިނަ މީހުން މަހަކަށް ވުރެ ގިނަ ދުވަސް ހޭދަކުރެ އެވެ. ހަޔާތުގެ އެންމެ އުފާވެރި އެއްދުވަސް ކަމަށްވާ ދުވަސް ވީހާވެސް ފުރިހަމަކޮށްލުމަށް ބޭނުންކުރާ ހެދުމަކީ އެންމެ ރީތި ހެދުމަށް ހެދުމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރެ އެވެ. ނަމަވެސް ބޮލީވުޑްގެ ތަރި ސޮނަކްޝީ ސިނާއާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް، ދެމަފިރިންގެ ކައިވެނި ޕާޓިއަށް ހެދުމެއް އިހްތިޔާރު ކުރަން ނެގީ އެންމެ ފަސް މިނެޓެވެ.

ސޮނަކްޝީ ބުނީ އޭނާ އަބަދުވެސް ބޭނުންވީ ކައިވެނި ކުރާ ދުވަހު އޭނާގެ މަންމަގެ ސާރީއާއި ގަހަނާ އަޅަން ކަމަށެވެ. އޭނާ ބުނާ ގޮތުގައި "ސިމްޕަލް ވިޔަސް ރީތި ބްރައިޑް" އަކީ ކުރިއަށް އޮތް ތަނުގައި ފެޝަން ޓްރެންޑަކަށް ވާނެ އެވެ.

ކައިވެނި ކުރި ދުވަހު ސޮނަކްޝީއާއި ޒަހީރު ވަނީ މަޑުމުށި ކުލައަކުން ޖަރީވެފަ އެވެ. ސޮނަކްޝީ ހުރީ އޭނާގެ މަންމަގެ ސާރީއާއި ގަހަނާއާއެކު ރީތިކޮށް ފަހަތަށް ހުޅިއަކަށް އިސްތަށިގަނޑު އައްސާލާފަ އެވެ. ޒަހީރު ވެސް ލާފައިހުރީ ހަމަ އެ ކުލައިގެ ކުރުތާ އެކެވެ.

ސޮނަކްޝީ ބުނީ ކައިވެނިކޮށް ސޮއި ކުރުމުގެ ހަފްލާއަށް ދާއިރު އޭނާގެ މަންމަގެ ސާރީއާއި މަންމަގެ ގަހަނާ ބޭނުންކުރުމަކީ މާކުރިންވެސް ނިންމާފައި އޮތް ކަމެއް ކަމަށެވެ. އެއަށްފަހު ބާއްވާ ހަފްލާގައި ރަތް ކުލައިގެ ސާރީއެއް ލާން މާކުރިން ވެސް ބޭނުންވެފައި ހުރި ކަމަށްވެސް ބުންޏެވެ.

ސޮނަކްޝީގެ ދެމަފިރިންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހަމައެކަނި އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިންނާ އެކު ސޮނަކްޝީގެ ގޭގަ އެވެ.