ސޮނާކްޝީ ސިންހާ

ސޮނަކްޝީ ކައިވެނިކޮށްފި

ސޮނަކްޝީ ސިނާ އާއި ޒަހީރު އިގްބާލް ކައިވެނި ކުރުމަށްފަހު ފުރަތަމަ އާންމުކުރި ކައިވެނީގެ ފޮޓޯ
0%
0%
0%

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނަކްޝީ ސިނާ އާއި ޒަހީރު އިގްބާލް މިއަދު ކައިވެނިކޮށްފި އެވެ.

ކައިވެނި ކުރުމަށްފަހު ސޮނަކްޝީ ވަނީ ކައިވެނި ހަފްލާގެ ފޮޓޯތައް އޭނާގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފަ އެވެ. އަދި ކައިވެނިކޮށްފައިވާ ކަން ޔަގީންކޮށްދިނެވެ.

"ހަތް އަހަރު ކުރިން ހަމަ މި ދުވަހު، ދެމީހުންނަށް ދެމީހުންގެ ލޮލުންވެސް ލޯބި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ދިޔައީ. ދެމީހުން ވެސް ކަނޑައެޅީ އެ ލޯބި ހިފަހައްޓަން. މިއަދު އެ ލޯބި އަހަރެމެން ދެ މީހުން ވެސް މަގުދައްކައިދީ، ހުރިހާ ގޮންޖެހުންތަކާއި ކާމިޔާބީތަކުގެ ތެރެއިން މި ވަގުތާއި ހަމައަށް ގެނެސްދިނީ،" ކައިވެނި ކުރުމަށްފަހު ކުރި ފުރަތަމަ ޕޯސްޓްގައި ސޮނަކްޝީ ލިޔެފައިވެ އެވެ.

ސޮނަކްޝީ ސިނާ އާއި ޒަހީރު އިގްބާލް ކައިވެނި ކުރުމަށްފަހު ފުރަތަމަ އާންމުކުރި ކައިވެނީގެ ފޮޓޯތަކުގެ ތެރޭގައި ހިމެނޭ ފޮޓޯއެއް

މުމްބައީގައި މިރޭގެ ވަގުތެއްގައި މި ދެ މީހުން ކައިވެނިކުރިއިރު މި ހަފްލާގައި ހަމައެކަނި ބައިވެރިވީ ގާތް ރައްޓެހިންނާއި ދެ ފަރާތުގެ އާއިލާ އެވެ.


ސޮނަކްޝީގެ ކައިވެންޏާ ގުޅިގެން ބޮލީވުޑްގެ ތަރިންނާއި އިންޑިއާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހްސިއްޔަތުންނަށް ދައުވަތު ދީގެން ބާއްވާ ހަފްލާއެއްވެސް މިރޭ އޮވެ އެވެ. މި ހަފްލާގައި މަދުވެގެން 1،000 މީހުން ބައިވެރިވާނެ ކަމަށްވެ އެވެ.

ސޮނަކްޝީ ސިނާ އާއި ޒަހީރު އިގްބާލް ކައިވެނި ކުރުމަށްފަހު ފުރަތަމަ އާންމުކުރި ކައިވެނީގެ ފޮޓޯތަކުގެ ތެރޭގައި ހިމެނޭ ފޮޓޯއެއް

މިރޭ އޮންނަ ހަފްލާގައި ސޮނަކްޝީ އަދި ޒަހީރު ބޮލީވުޑަށް ނެރެދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ސަލްމާން ހާންވެސް ބައިވެރިވެ އެވެ. މީގެ އިތުރުން ބޮލީވުޑްގެ އޭ-ލިސްޓްގައި ހިމެނޭ ތަރިންވެސް ބައިވެރިވާނެ އެވެ.

ސޮނަކްޝީއާއި ޒަހީރު އެކުގައި ފެނުނު ފުރަތަމަ ފިލްމަކީ "ޑަބަލް އެކްސްއެލް" އެވެ. ސޮނަކްޝީގެ ބައްޕަ އަދި އިންޑިއާގައި ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވާ ސަކްތީ އަކީ ވެސް ކުރިން ގިނަ ފިލްމުތަކެއް ކުޅެފައިވާ މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345