ވެލިގާ ހާޑްވެއާ

ވެލިގާ ހާޑްވެއާއިން މަޖީދީމަގުގައި ބޮޑު ފިހާރައެއް ހުޅުވައިފި

Nov 23, 2015
  • މިއީ ވެލިގާގެ ތިންވަނަ ފިހާރަ
  • މި ފިހާރައަކީ ވެލިގާގެ އެންމެ ބޮޑު ކާމިޔާބީ

ހާޑްވެއާގެ ވިޔަފާރި ފުޅާކޮށް "ވެލިގާ ހާޑްވެއާ" އިން މަޖީދީ މަގުގައި ފިހާރައެއް ހުޅުވައިފި އެވެ.

ބާޒާރުމަތީގައި ފިހާރައެއް ހިންގަމުން ގެންދާ ވެލިގާގެ އޮފިޝަލަކު ވިދާޅުވީ މަޖީދީ މަގުގައި މިފަހަރު ހުޅުވި ފިހާރަ ފަރުމާކޮށްފައިވާނީ ކަސްޓަމަރުންނަށް ފުރިހަމަ ސޮލިއުޝަނެއް ލިބޭ ގޮތަށް ކަމަށެވެ.

"ވަރަށް ބޮޑަށް ކޮންސެޕްޓް ތަފާތު ވާނެ. އަޅުގަނޑުމެންގެ އެހެން ފިހާރަތަކުގައި ހުރި ޕްރޮޑަކްޓްތައް ވެސް ދައްކާލާފަ ހުންނާނެ. މީގެ އިތުރުން އާ ޕްރޮޑަކްޓްތަކެއް ވެސް ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ވެލިގާފެ އާ ފިހާރަ ހުޅުވާފައިވަނީ މ. ޖޭމު ގޭގަ އެވެ.

ވެލިގާގެ އޮފިޝަލް ވިދާޅުވީ މި ފިހާރާގައި ފާހާނާއަށް ބޭނުންވާ ސާމާނު ވެސް ހުންނާނެ ކަމަށެވެ.

"ޕެއިންޓާއި ކުލަ ވެސް ހުންނާނެ. މިތަނުގައި ލިބޭނީ ސޮލިއުޝަންތަކެއް. މިތަނަކީ ޝޯވް ރޫމްއަކާއި އައުޓްލެޓެއް އެއް ކޮށް ހުޅުވި ތަނެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި ފިހާރަ ހުޅުވުމަކީ ވެލިގާގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

"ތިން އަހަރުގެ މަސައްކަތުން މި ހުޅުވެނީ. ދިގު މުއްދަތައް ފިހާރަ ހެދި އިމާރާތް ނަގައިގެން މިތަން މި ހުުޅުވީ،" އޮފިޝަލް ވިދާޅުވި އެވެ.

ވެލިގާއަކީ 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން ތިން ފިހާރައެއް ހުޅުވާފައިވެ އެވެ.