ހަބަރު

ވެލިގާގެ ވައިބާ ގުރޫޕަށް ވަނުމުން އަގުހުރި އިނާމުތައް

ވެލިގާ ފިހާރަތަކުގެ ވައިބާ ކޮމިއުނިޓީއަށް ވަނުމުން އަގު ހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ ވައިބާ ގައި ހަދާފައިވާ ވެލިގާ ފިހާރަތަކުގެ ކޮމިއުނިޓީ ގުރޫޕުތަކުން ގުރޫޕަކަށް ވަނުމުން އެ ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުގައި ވެލިގާގެ ކޮންމެ ފިހާރައަކުން ތިން ނަސީބުވެރިން އަދި ބްލަންކް ފިހާރައިގެ ކޮމިއުނިޓީން ފަސް ނަސީބުވެރިން ހޮވާނެ އެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭނެ އެވެ. އެ ވައުޗާ ބޭނުން ކޮއްގެން ވެލިގާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ އެވެ.

ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެންް އާންމުކޮށް ވިޔަފާރިކޮށް އުޅޭ ގޮތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި ފިހާރައަށް ގޮސް މުދާ ބަލައި މުދަލުގެ މައުލޫމާތު ހޯދުން މިހާރު ރަނގަޅު ނޫން ކަމަށާއި އެހެން ކަމުން ކަސްޓަމަރުނާއި ވެލިގާ ޓީމުގެ ވެސް ރައްކާތެރި ކަމަށް، ފިހާރައަށް ނުގޮސް ފޯނުން ހިދުމަތްތަކުގެ ބޭނުން ކުރަން އެދޭ ކަމަށެވެ.

"ވައިބާގައި މި ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީ ވެސް ކަސްޓަމަރުން ފިހާރައަށް އައުން މަދުކޮށް، ފޯނު މެދުވެރިކޮށް މުދާ އޯޑަރު ކުރުމަށް ބާރު އެޅުން." އޭނާ ވިދާޅުވި އެވެ.

ވެލިގާއިން ވައިބާ މެދުވެރިކޮށް އޮންލައިންކޮށް މުދަލަށް އޯޑާރު ދެވޭއިރު، ސޯޝަލް މިޑީއާ ޕްލެޓްފޯމް ތަކާއި އެކުންފުނީގެ ފޯނުތައް، އޮންލައިން ހިދުމަތް ދިނުމަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވެ އެވެ.

ވެލިގާ އިން ވަނީ ދާދި ފަހުން "މަގޭ ބަގީޗާ"ގެ ނަމުގައިވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވި ނަސީބުވެރިނަށް ވެސް އަގުހުރި އިނާމުތައް ދިނެވެ.