ހަބަރު

ވެލިގާގެ ފިހާރަތަކުން ގެޔަށް މުދާ ގެންގޮސްދެނީ

ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ކަސްޓަމަރުނަށް ފޯނު މެދުވެރިކޮށް މުދާ ގަނެ ހިލޭ ގެންގޮސް ދިނުމުގެ ހިދުމަތެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ މި ހިދުމަތަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ބޭރުތެރެއަށް ނިކުމެ އުޅުން މަދުކުރުމަށް އަންގާފައިވާ އެންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމަރުން ފިހާރަޔަށް ޒިޔާރާތް ނުކޮށް ބޭނުންވާ މުދާ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ފަށާއިފައިވާ ހިދުމަތެއް ކަމަށެވެ.

މި ހިދުމަތް ކަސްޓަމަރުނަށް ފޯރުކޮށްދިނުމަށް ވެލިގާ އަދި ބްލަންކް ގެ ކޮންމެ ފިހާރައެއްގައި ވަނީ މިކަމަށް ހާއްސަ ހޮޓްލައިން އެއް ގާއިމު ކުރެވިފަ އެވެ. މިއިން ކޮންމެ ނަންބަރަކަށް ގުޅައިގެންވެސް ކަސްޓަމަރުނަށް ބޭނުންވާ މުދަލާއި ބެހޭ މައުލޫމާތާއި މުދަލުގެ އަގު ބަލާ މުދާ އޯޑަރު ކުރެވޭނެ އެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ވެސް މެންދުރު 03:00 ގެ ކުރިން ކުރާ 100ރ އިން މަތީގެ ހުރިހާ އޯޑަރެއް އެދުވަހުގެ ތެރޭގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ވެލިގާ ހާޑްވެއާއިން ބުނެ އެވެ.