ވިޔަފާރި

ވެލިގާ މެޓާބޯ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިފި

Apr 27, 2019
1

މެޓާބޯ ޓޫލްސް ތަޖުރިބާކޮށްލަން ބޭނުންވާ މީހުނަށް ހާއްސަކޮށް އެކްސްޕީރިއަންސް ސެންޓަރެއް ވެލިގާ އިން ހުޅުވައިފި އެވެ.

މެޓާބޯ ޓޫލްސް ރާއްޖެ އެތެރެކޮށް ވިއްކާ ވެލިގާ ހާޑްވެއާއިން ބުނި ގޮތުގައި މަޖީދީ މަގުގައި ހުންނަ ވެލިގާ ހާޑްވެއާ ހަތަރެއްގެ ފުރަތަމަ ފްލޯގައި ހުޅުވި އެކްސްޕީރިއަންސް ސެންޓަރުގައި މެޓާބޯ އުފެއްދުންތައް ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފުރުސަތެއް މިހާރު އިންތިޒާމްކޮށްފައިވާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖޭގެ ބާޒާރަށް ނެރުނު މި އުފެއްދުންތައް ވަނީ މާކެޓާއި ދިވެހި މަސައްކަތްތެރިންގެ އިތުބާރު ވެސް ހޯދާފަ އެވެ.

މެޓާބޯގެ ޕްރޮޑަކްޓް މެނޭޖަރު މަހުދީ އިޖާޒު ވިދާޅުވީ މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެއް ތަނަކުން ލިބެން ހުރި ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި އެހީވެ ދިނުން ކަމަށެވެ.

ވެލިގާ އިން މީގެ ކުރިން ވަނީ މެޓާބޯގެ އުފެއްދުންތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް ސާވިސް ސެންޓަރެއް ވެސް ހުޅުވާފަ އެވެ.

ހާޑްވެއާގެ ވިޔަފާރީގައި 2008 ވަނަ އަހަރުން ފެށިގެން ވެލިގާ އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ. ވެލިގާގެ ފަސް ފިހާރައެއް މިހާރު ރާއްޖޭގައި ހިންގަ އެވެ.