ލައިފްސްޓައިލް

ހައި ހީލްސްގައި ތިބޭ ކުދިން ސެކްސީވަނީ ކިހިނެއް؟

Nov 23, 2015
1

އެކަމަކު މި ވާހަކަ ފެށުމުގެ ކުރިން ހަނދާންކޮށްދޭން ޖެހެނީ ސިނގިރޭޓުން ސިއްހަތަށް ގެއްލުވާ ގޮތަށް ހައި ހީލްސް ނުވަތަ ފުންނާބު އުސް ފައިވާނުން ވެސް ސިއްހަތަށް ގެއްލުންވާ ކަމެވެ. ޑޮކްޓަރުންނާއި ކަމުގެ ތަޖުރިބާކާރުން މިކަމަށް ހެކިވެ އެވެ.

އެއަށް ފަހު ދެން މި އޮތީ ހައި ހީލްސް އަށް އަރައިގެން ހުންނަ އަންހެން މީހާ އަށް "ސެކްސީ ލުކެއް" ލިބިގެންދާ ގޮތުގެ ވާހަކަ އެވެ. މި ވާހަކ ފެށުމުނ ބައެއް މީހުންގެ ހިތަށް އަރާފާނެ އެވެ. އަންހެން ކުދިން ފުންނާބު އުސް ފައިވާނަށް އަރައި އުޅެނީ ސެކްސީވާކަށް ނޫން ހެއްޔެވެ؟

ހީވީ ހަމަ ރަނގަޅަށެވެ. ހައި ހީލްސް އަކީ އަންހެން މީހާގެ ބުރުސޫރައިގެ ރީތިކަން ހާމަކޮށްދޭ އުފެއްދުމެކެވެ. ހަފުލާއަކަށް ދާއިރު އަންހެނެއްގެ ރީތިކަން އެންމެ ފުރިހަމައަށް ހާމަކުރުމަށް ނުވަތަ ދެއްކުމަށް އެދޭ މީހާގެ ފަސްޓް ޗޮއިސް އަކަށް އަބަދުވެސް ހައި ހީލްސްއެއް ވެފައި މި އޮންނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ހައި ހީލްސްގައި ހުންނަ އަންހެނާ "އާދައިގެ އަންހެނަކަށްވުރެ" ސެކްސީކޮށް ދެނީ ކޮން ސިފަތަކެއް ލިބިގެން ހެއްޔެވެ؟

ހައިހީލްސްއަކީ އިސްކޮޅުން ދިގުކަމަށް ދައްކުވައިދޭ ފެޝަނެކެވެ. ވަކިން ހާއްސަކޮށް ފައި ދިގު ކަމަށް ދައްކާނެ އެވެ. އަންހެނުންގެ ފައި ދިގު ވުމަކީ ރީތިކަމުގެ އާދަޔާހިލާފު ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށް ބުނެ އެވެ.

މީގެ އިތުރުން ހައި ހީލްސްގައި ހުންނަ އަންހެން މީހާ ހިނގާ ގޮތާއި ފިޔަވަޅު އަޅާ ގޮތް ވެސް އޭނާގެ ރީތިކަން ނުވަތަ ފަރިކަން ހާމަކުރުމުގައި މުހިންމު ރޯލެއް އަދާކުރާކަން އެނގޭ ހެއްޔެވެ؟ ހަތަރު ފަސް އިންޗިއެއްހާ އުސް ފައިވާނަށް އަރައިގެން އަންނަ އަންހެނަކު ހަމަ ހުރެފައި ސީދަލަކަށް ހިނގާފައެއް ނާންނާނެ އެވެ.

އެމީހަކު އަންނާނީ ބަނޑިބަނޑި ލައްވަމުން ފަރި ދައްކަމުންނެވެ.

މިކިޔައި ދެވުނީ ހައި ހީލްސް އިން އަންހެނަކަށް ލިއްބައިދޭ "ސެކްސީ" ސިފަތަކުގެ ތެރެއިން ކިތައް ސިފައެއްގެ ވާހަކަ ހެއްޔެވެ؟ ދެ ސިފަ އެވެ.

އެކަމަކު އަންހެނުން އަދި ޒުވާން ގިނަ އަންހެން ކުދިން ތިއްތިވެލައިގެން ޕާޓީއަކަށް ނުވަތަ ގިނަ ބަޔަކު އެއްވެފައިވާ ހަފުލާއަކަށްދާއިރު ހައި ހީލްސް އިހްތިޔާރުކުރާ އެންމެ ބޮޑު ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހައި ހީލްސް އަކަށް އަރައި ހުންނަ އަންހެން މީހާގެ ބުޑު އާންމުކޮށް އިންނަ ހިސާބަށް ވުރެ 20 ޕަސެންޓް ނުވަތަ 30 ޕަސެންޓަށް ހިއްލާލަދޭތީ އެވެ. މިއީ ދެކޮޅުހެދެން ނެތް، ދިރާސާތަކުން ސާބިތުކޮށްފައިވާ ކަންކަމެވެ.

ބިމަށް ދަމާ ބާރަކީ އަންހެނާގެ ރީތިކަމާ ދެކޮޅު ބާރެކެވެ. އަންހެނުންނަށް ހައި ހީލްސް މުހިންމު ވަނީ މި ސަބަބާ ހެދި އެވެ. އެމީހުންގެ ރީތިކަން ފިރިހެނުންގެ ހިތްދަމައިގަންނަ އުސްމިނަކަށް އުފުއްލާލަދޭތީ އެވެ.

ހައި ހީލްސްގެ ސިއްރު މިހެން އޮތް ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ފަތި ފައިވާނާއި ފަތިހަށި އަންހެނުންނަކީ މިއަދުގެ ގިނަ ބައެއްގެ މެދުގައި އެންމެ "ސެކްސީ" ސިފަތައް ކަމެވެ.