މުޒާހަރާ

"މިންޖުވާން" މުޒާހަރާ ދިގުދެމިގެން ދާނެ: އެމްޑީޕީ

އަންނަ ހުކުރު ދުވަހު މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ "މިންޖުވާން" މުޒާހަރާ އަކީ ދިގުދެމިގެން ދާނެ މުޒާހަރާއެއް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ބާއްވާ މިންޖުވާން މުޒާހަރާއާ ބެހޭގޮތުން މިއަދު ބޭއްވި ޕްރެސްގައިވާ ވާހަކަދައްކަވަމުން އެޕާޓީގެ އަންހެނުން ގޮފީގެ އިސް މެންބަރެއް ކަމަށްވާ، ޝަފީއާ ޒުބެއިރު ވިދާޅުވީ ގައުމުގެ ހާލަތާއި ދަށްވެ ޒުވާނުންނަށާއި އަންހެނުންނަށް ފުރުސަތުތަށް ހަނިވަމުންދާތީ އެކަމުން މިންޖުވުމަށް ބާއްވާ ބޮޑު މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން ބައިވެރި ވާނެ ކަމަށާއި އަދި އެމުޒާހަރާވަރަށް ގިނަ އިރުތަކެއްވަންދެއް ދިގުދެމިގެން ދާނެ ކަމަށެވެ.

"މިންޖުވާން މުޒާހަރާ އަޅުގަނޑުމެން މިފަހަރު ގެންދާނީ ތަފާތުކޮށް. އަދި މިމުޒާހަރާގައި އަޅުގަނޑުމެން ހިނގަން ހަމަޖެހިފައި ހުރި ހަރަކާތްތަކާ އި އަދި އެހެނިހެން ކަންތަކުން ވެސް މިމުޒާހަރާ ވަރަށް ވެސް ތަފަތުވާނެ،" ޝަޕީއާ ވިދާޅުވި އެވެ.

މިންޖުވާން މުޒާހަރާގައި ކުރިޔަށް ގެންދަން ހަމަޖެހިފައި ހުރި ބައެއް ކަންތައްކާއި ހަމަޖެހިފާވާ ގޮތަށް އަލިއަޅުވާލައި ޝަފީއާ ވިދާޅުވީ މިންޖުވާން މުޒާހަރާއަށް ހުކުރު ދުވަހު ހަވީރު 4:00 ޖަހައި އިރު ފަށައި އާޓިފިޝަލް ބީޗުގައި ވަރަށް ގިނަ އިރު މަޑުކުރާނެ ކަމަށާއި އެވަގުތު އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ ތަފާތު ހަރަކާތްތަށް ކުރިޔަށް ދާނެ ކަމަށެވެ. މީގެ އިތުރުން މުޒާހަރާ ތެރޭގައި ސަރުކާރަށް ޑިމާޑުތަކެއްވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.