މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިމްޕޯޓް މުދަލުގެ ފައިސާ ދެން ދައްކަން ޖެހޭނީ އޮންލައިންކޮށް

Aug 16, 2021

އިމްޕޯޓް މުދަލުގެ ފައިސާ ދައްކަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ "މައި ބަނދަރު" ޕޯޓަލް މެދުވެރިކޮށް އިމްޕޯޓް މުދަލަށް މީގެ ފަހުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިފައި ވާނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ދައްކާ ފައިސާގެ ރަސީދު އެ ޕޯޓަލްއިން ފެންނާނެ އެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭ ހިދުމަތްތަކަށް، ބޭންްކް އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްގެން ފައިސާ ބަލައިގަތުން ހުއްޓާލައިފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.

މި ބަދަލު ގެނެސްފައި ވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ ހިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސޯދުގައި ނަގުދު ފައިސާ އާއި ޗެކަށް ބަރޯސާވާ މިންވަރު މަދުކުރަން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ އޮންލައިން ޕޯޓަލް އިން ފޯރުކޮށްދޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތަކާއި ބޯޓުފަހަރުގެ އެޖެންޓުން ފައިސާ ދެއްކުން މިހާރުވެސް ކުރިއަށްދާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.