އެމްޑީޕީ

ހުކުރު ނަމާދަށްފަހު އެމްޑީޕީން އިސްވެ ދުއާކުރާ މީހާ ހައްޔަރުކޮށްފި

ހުކުރު ނަމާދަށްފަހު އެމްޑީޕީގެ ފަރާތުން އިސްލާމީ މަރުކަޒުގެ ބޭރުގައި ޖަމާއަތް ހަދައި އިސްވެ ދުއާ ކުރާމީހާ، ހަސަން އަހުމަދު (ހަސަންޓޭ) ހައްޔަރުކޮށްފިއެވެ.

އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްކަން ވެސް ކުރާ މީހާ ހައްޔަރުކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހޮޓަލެއްގެތެރޭގައި ހުއްޓަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ބަލަމުންދާ މައްސަލާއާ ގުޅިގެން ކޯޓް އަމުރެއްގެ ދަަށުން ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް ސާފުވާ ގޮތެއް ނުވި އެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ހުކުރުދުވަހަށް ފަހު ގިނަ އަދަދެއްގެ މީހުން އެއްވެ އެކުރާ ދުވާގައި ސީދާ މީހަކަށް އަމާޒުކޮށް ބަދުދުއާ ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެއް ކަމަށާއި އެކަމާ މެދު ފިޔަވަޅޫ އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއިން ވަނީ މިދިޔަ ހުކުރު ދުވަހުވެސް ދުއާ ކުރުން ކުރިޔަށް ގެންގޮސްފަ އެވެ.