ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަދީބާއި ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

Nov 23, 2015

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް، އަދި އޭރު ޓޫރިޒަމް މިނިސްޓްރީ ވެސް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖި އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި ފުލުހުން އެދިފައި ވަނީ އެމްއެއެމްޕީއާރްސީގެ ފައިސާ އަށް އަދިބާއި ޒިޔަތު ހިޔާނާތްވެފައިވާތީ އެ ދެ ބޭފުޅުންގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް ކަމަށާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްއެމްޕީއާރްސީން ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ރަށްތައް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަގޮތުގައި ޒިޔަތާއި އަދީބު ބޭނުންކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްދޭން އެދުމުން ޕީޖީ އޮފީހުން މައްސަލަ ދިރާސާ ކުރަން ފެށިއިރު މި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދެއްވާކަށް ބޭނުންފުޅެއް ނުވި އެވެ. ހަމައެކަނި ވިދާޅުވީ ޕީޖީ އޮފީހުން ސާފުކުރުމަށެވެ.

މީގެ ކުރިން ވަނީ އަދީބު ފިސްތޯލައެއް ގެންގުުނު ކަމަށް ބުނާ މައްސަލައިގައި ވެސް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވާފަ އެވެ.

މިއަދު މި މައްސަލަ ފޮނުވި އިރު ޕީޖީގެ މަގާމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ނަން ފޮނުއްވެވި އައިޝަތު ބިޝާމަށް މިއަދު ވަނީ މަޖިލީހުން ރުހުން ދީފަ އެވެ.