ހުސްވި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ޗެލްސީ ކާމިޔާބު ކުރި ނަމަވެސް އެ ޓީމަށް 23.1 މިލިއަން ޕައުންޑްގެ ގެއްލުމެއްވެއްޖެ އެވެ.
އެ ކުލަބަށް މިހާބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ފީފާގެ ފައިނޭންޝަލް ޕެއާޕްލޭގެ މިންގަނޑުން ބޭރެއްނުވެ އެވެ.
ކުޅުންތެރިން ގަތުމުގައި މީގެ ކުރިން އަބަދުވެސް ބޮޑު ހޭދަކުރަމުން އައި ނަމަވެސް މިފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ހޭދަނުކޮށް އިތް
ޗެލްސީއަށް މިހާބޮޑު ގެއްލުމެއް މިވީ މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ފައިދާވެސް ވުމަށްފަހު އެވެ. މިދިޔަ އަހަރު 18.4 މިލިއަން ޕައުންޑްގެ ފައިދާއެއްވި އެވެ.
ރަޝިޔާގެ މިލިއަނަރު ރޯމަން އަބްރޮމޮވިޗް ހަދަރުކުރާ ޗެލްސީން ވަނީ ކުލަބުގެ ޖާޒީ ސްޕޮންޝާޝިޕް 40 މިލިއަން ޕައުންޑަށް މި ސީޒަނުގައި ވިއްކާލައި ފައިދާ އިތުރު ކުރުމަށް މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ޓީމު މިވަގުތު އޮތީ މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފަ އެވެ.
އިނގިރޭސި ލީގުގައި ޗެލްސީ އޮތީ 15 ވަނާގަ އެވެ. ކުލަބުގެ އާމްދަނީ ދަށްވި ނަމަވެސް ޗެލްސީން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް މަސައްކަތް ކުރާނެ ކަމަށް އިނގިރެސި މީޑިޔާއިން ގަބޫލުކުރެ އެވެ. ހާއްސަކޮށް ފޯވަޑަކާއި ޑިފެންޑަރެއް ހޯދަން އެކުލަބުން މަސައްކަތް ކުރާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯން އާއި ވެންސްބްރޮމްގެ ފޯވަޑް ސައީދޯ ބެރެހީނޯ އަކީ ޗެލްސީން ގަންނަން ބޭނުންވާ ދެ ކުޅުންތެރިންނެވެ.