މަސްވެރިން

އައިޕީއެންއެލްއެފް އިން ރާއްޖެއަށް ޒަމާނީ މަސް ދޯންޏެއް ފަރުމާކުރަނީ

ދޮށީގެ މަސްވެރިކަމުގެ ބައިނަލް އަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އިން ރާއްޖެއަށް ޒަމާނީ މަސް ދޯންޏެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދެމެހެއްޓެނިވި ގޮތަކަށް ކަނޑުމަހުގެ މަސްވެރިކަން ކުރަން ވަކާލާތުކުރާ އައިޕީއެންއެލްގެ ރާއްޖޭގެ ކޯޑިނޭޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ކުރާ މަސްވެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފަރުމާކުރަމުން ގެންދާ ޒަމާނީ މަސް ދޯނި ކުރިއަށް އޮތް ހައެއްކަ މަަސް ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށެވެ. އަދި މި ދޯނީގެ ހުރިހާ ހަރަދެއް ކުރަނީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮންސެޕްޓް ވެސެލްއެއް. ދައްކާލަން ބޭނުންވަނީ ބާނާ މަސް ހަލާކުނުވެ ބެހެއްޓޭނެ ހަރަދު ކުޑަ ވެސެލްއެއް ދައްކާލުމަށް،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދޯނި ފަރުމާކޮށްފައިވަނީ ބާނާ މަހަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން ކަމަށެވެ.

"ބާނާ މަސް ތައްޓު މައްޗަށް ވެޓިފައި މިހާރު ހަލާކުވޭ. ނަމަވެސް މި ދޯނީގައި މޮޑިފައި ކޮށްފައިވާނީ ބާނާ މަސް ހަލާކުނުވެ ވަތަށް ވެއްޓޭ ގޮތަށް،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދޯނި ދެ އަހަރު ވަންދެން ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރާނެ ކަމަށެވެ.

"ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ބޭނުންކުރާނީ ފިޝަރީޒް މިނސިްޓްރީ އާ ގުޅިގެން. ދޯނި ބޭލުމަށްފަހު ދެ އަހަރު ދުވަހު ވަންދެން ބޭނުން ކުރަން ދާ ހުރިހާ ހަރަދެއް ދޭނީ ޕޯލް އެންޑް ލައިން ފައުންޑޭޝަނުން،" މުއްތަލިބު ވިދާޅުވި އެވެ.