ފިއުލް ސަޕްލައި މޯލްޑިވްސް

އިންޑަސްޓްރިއަލް ޒޯންގައި ބޮޑު ފިއުލް ޝެޑެއް

Aug 22, 2021

މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ފިއުލް ޝެޑެއް ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފައި ވަނީ އިންޑަސްޓްރިއަލް ޒޯންގައި ތަރައްގީކުރާނީ ޒަމާނީ ފެންވަރުގެ ފިއުލް ޝެޑެއް ކަމަށެވެ.

ޝެޑްގެ މަސައްކަތް ފެށުމަށް އެ ކުންފުނީގެ ފަރާތުން މިއަދު ވަނީ ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސޮއިކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އެ ކުންފުނިން ބުނީ އަލަށް ގާއިމްކުރާ ފިއުލް ޝެޑުން ހަތަރު ފުރޮޅުލީ އަށް އުޅަނދަށް އެއްފަހަރާ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ދެ ފުރޮޅު ލީ 16 އުޅަނދަށް އެއްފަހަރާ ހިދުމަތް ލިބޭނެ ކަމަށެވެ.