ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުން ލޯނު ދޫކުރެވޭ ބިލު ކޮމިޓީއަށްް

ކައުންސިލްތަކުން ލޯން ނަގައި އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯން ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 45 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ބަލައިގަތުމަށް ފަހު އެ ބިލު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް މިއަދު ފޮނުވި އެވެ.

ބިލުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ކަންކަން އިސްލާހު ކުރުމައްޓަކައި މާލިއްޔަތު ގާނުނު އިސްލާހު ކުރުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހުގެ ދަށުން ވަކި ކައުންސިލަކަށް އެ އަހަރު ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެއްބަސްވާ ގޮތުގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވި ދާނެ އެވެ.

ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ދިޔައިރު ބައެއް މެމްބަރުން ވަނީ ބިލުގެ ބައެއް މާއްދާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހާއްސަކޮށް ޓެރަރިޒަމްއަށް އޮންނަ ދޮރުތައް ބަންދުކޮށް ލޯނު ނެގުމުގައި ލުއިތަކެއް ލިބޭ ގޮތަށް ބިލު އިސްލާހުކުރުމަށް މެމްބަރުން ހުށަހެޅުއްވި އެވެ.