ހުޅުމާލެ

ހުޅުމާލެ ޕްރީ ސްކޫލް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް އޭއާރު ބިޒްނަސް މޯލްޑިވްސްއާ ހަވާލު ކޮށްފި އެވެ.

އިއްޔެ ހަވީރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްްގައި ވަނީ ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒު އެވެ. އޭއާރު ބިޒްނަސް މޯލްޑިވްސް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދެވެ.

އޭއާރު މޯލްޑިވްސްއާ މި މަސައްކަތް ހަވާލު ކުރީ 1.9 މިލިއަން ރުފިޔާއަށް 45 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެހެން ކަމުން އެ ސްކޫލުގެ މަސައްކަތްތައް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ހުޅުމާލެ ޕްރީ ސްކޫލް ހިންގަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރީ 2019 ވަނަ އަަހަރު އެވެ. އަދި އެތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ފަހަރު އިއުލާން ކުރުމުން ވެސް އެއްވެސް ބަޔަކު ކުރިމަތި ނުލުމުން މިނިސްޓްރީން ނިންމީ އެ މިނިސްޓްރީން ހިންގާށެވެ.