މިނިސްޓްރީ އޮފް އެޑިއުކޭޝަން

މިސަރުކާރުގެ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސަރުކާރުގެ ފުރަތަމަ ސްކޫލުގެ ބިންގާ އަޅަނީ -- ފޮޓޯ: ރައީސް އޮފީސް
100%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އެޅުމަށް ބިންގާ އަޅައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮތް މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ސަރުކާރުން ސްކޫލެއްގެ ބިންގާ އެޅި ފުރަތަމަ ފަހަރެވެ.

މިސްކޫލަކީ ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭ ގޮތަށް އިމާރާތް ކުރާ ސްކޫލެކެވެ. ގާތްގަނަޑަކަށް 1،700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއެވެ.

މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު ދެ ސްކޫލެއް ހިންގަމުންދެ އެވެ. އެއީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި ސަލާހުއްދީން ސްކޫލެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345