މަސައްކަތު ދާއިރާގެ އެކްސިޑެންޓްތައް

އިމާރާތުން ވެއްޓުނީ ކުޑަކުއްޖެއް، ހާލު ރަނގަޅު

އިއްޔެ އަންހެންް ކުއްޖާ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
66.7%
0%
33.3%

އިއްޔެ ހަވީރު މާލޭގެ އިމާރާތަކުން ވެއްޓި އަނިޔާވީ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވީ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އޭނާއަށް އަށް އެމެޖެންސީގައި ފަރުވާ ދީފައިވާ ކަމަށެެވެ. ކަށަވަރު ކުރެވިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

އެ ހާދިސާގައި ކުޑަ ކުއްޖާއަށް ލިބުނު އަނިޔާ އާއި ޒަހަމްގެ ތަފުސީލެއް އައިޖީއެމްއެޗަކުން ނުބުނެ އެވެ. ނަަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި އޭނާގެ ފަޔަށާއި ބޮލަށް ވަރަށް ބޮޑެތި އަނިޔާ އިއްޔެ ލިބުނެވެ. ލިބިފައި ވެއެވެ. އަންހެން ކުއްޖާ ވެއްޓުނު ތަނުގައި ގިނަ އަދަދަކަށް ލޭ ހުރި ތަން ވެސް ފެނިފައި ވެއެވެ.

އިއްުޔެ އަންހެންކުއްޖާ ވެއްޓުނީ އަމީނީ މަގަށްވާ ހަދަމުންދިޔަ އިމާރާތެއްގެ ވަރަށް މަތިން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހަށް އެނގުމނީ އިއްޔެ ހަވީރު 4:00 ޖެހި އިރު އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަޔާ

ހާލު ރަނގަޅޭ ބުންޏަސް އަސްލު ރަނގަޅެއް ނޫން

ކަބަރާ

ވަރަށް މަތިން ކިހާ މައްޗަކުން ކިތަންވަނަ ބުރީންތޯ؟

2 ވަނަ ފްލޯރ އިން

ވެއްޓުނީ 2 ވަނަ ފްލޯރ އިންނެވެ. އެކުއްޖާއަށް ﷲ ފުރިހަމަ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

ޙަސަނާ

އެ ގެ ހުންނަނީ އަމީނީމަގަށްވާ ގޮތަކަށް ނޫން. އަމީނީމަގުން ވަދެވޭ ގޯޅިގަނޑެއްގެ އެތެރޭގައި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345