ބޮލީވުޑް

އަރުނީތާ ދިރިއުޅޭ ބިލްޑިންގުން ޕަވަންދީޕް ގެއެއް ގަންނަނީ

އިންޑިއަން އައިޑަލް 12 ފެށުނީއްސުރެ އެ ޝޯގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލްގެ ލޯބީގެ ވާހަކަތައް ދެކެވެމުން ދިޔަ އެވެ. މި ވާހަކަޔަށް އަރުނީތާ އާއި ޕަވަންދީޕް އެއްބަސް ނުވިޔަސް އެމީހުންގެ ހަރަކާތުން ދެ މީހުންގެ ލޯބި ފާޅުވާ ކަމަށް އެ ދެމީހުން ރައްޓެހިވާން ބޭނުންވާ އެމީހުންގެ ފޭނުން ބުނެ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އަރުނީތާ ދިރިއުޅޭ ބިލްޑިންގުން އެޕާޓްމަންޓެއް ގަންނަން ޕަވަންދީޕް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެއާއެކު އަނެއްކާވެސް މި ދެ މީހުންގެ ލޯބީގެ ވާހަކައިގެ އަޑު ގަދަވާ ގޮތް ވަނީ ވެފަ އެވެ.

ޕަވަންދީޕް ވެސް ވަނީ އޭނާ އާއި އަރުނީތާ އަދި އައިޑޮލްގެ ގިނަ ބައިވެރިންތަކެއް އެއް ބިލްޑިންގަކުން އެޕާޓްމަންޓްތައް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެއްބަސްވެފަ އެވެ. މީގެ އިތުރުން އެ ހުރިހާ ބައިވެރިން ވެގެން ސްޓޫޑިއޯއެއް ހުޅުވައި މިއުޒިކްގެ ރޮނގުން ކުރިޔަށް ދާން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ޕަވަންދީޕް ބުންޏެވެ.

"އަހަރެމެން މާ ކުރިން ވެސް ރާވާފައި އޮތީ އެއް ތަނެއްގައި އެންމެން އެއްކޮށް އެކުވެރި ކަމާއެކު އުޅެން. އަދި އަހަރެމެންގެ މި އޮތް އެކުވެރިކަމުގެ ގުޅުން އަބަދު ވެސް މިގޮތުގައި އޮތުން،" ޕަވަންދީޕް ބުންޏެވެ.

އިންޑިއަން އައިޑަލް ކާމިޔާބު ކުރުމުން ޕަވަންދީޕަށް 25 ލައްކަ ރުޕީސް އާއި މާރޫޓީ ސުރުޒީ ސްވިފްޓް ކާރެއް ލިބިފައި ވެއެވެ. ރަނަރަޕް އަކަށް ހޮވުނު އަރުނީތާ އާއި ސާއިލީއަށް ކޮންމެ ލަވަކިޔުންތެރިޔަކަށް ފަސް ލައްކަ ރުޕީސް ލިބުނެވެ.