އެމްޓީސީސީ

ހުޅުދެލި ބަނދަރުގެ އަޕްޑޭޓް ދީފި

Aug 24, 2021

ހުޅުދެލި ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް އެމްޓީސީސީން ނިންމައިފި އެވެ.

އެ ރަށުގެ ބަނދަރު މަސައްކަތުގައި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތަށް ތައްޔާރުވުމެވެ. އަދި މިކަމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހު 23 ވަނަ ދުވަހު ވަނީ ސައިޓަށް ގެންގޮސްފަ އެވެ.

މި މަސައްކަތުގައި 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ. އަދި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއެކު 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

މި މަސައްކަތުގައި 1،645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.