ބޮލީވުޑް

ޖޫހީ އާއި މާދުރީއަށް ކައިވެނިކުރަން ފިލްމީ ތަރިން ކަމަކު ނުދިޔަ

ޖޫހީ ޗައުލާ އާއި މާދުރީ ޑިކްޝިޓަކީ ގިނަ ދުވަސްތަކެއް ވަންދެން ބޮލިވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި ދެ ބަތަލާއިންނެވެ. އެމީހުންގެ ކެރިއަރުގައި ބޮލިވުޑްގެ އެންމެ ރީތި އެންމެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާއެކު މަސައްކަތް ކުރި އެވެ. ނަމަވެސް ކައިވެންޏާ ހަމައަށް ދިއުމުން މާދުރީ ވެސް ޖޫހީ ވެސް ޚިޔާރުކުރީ ފިލްމީ ދުނިޔެއާ އެއްވެސް ގުޅުމެއް ނެތް ބައިވެރިންނެވެ. މާދުރީ 1999 ގައި ކައިވެނިކުރީ ޑޮކްޓަރަކާ އެވެ. ޖޫހީ 1995 ގައި ކައިވެނިކުރީ ވިޔަފާރިވެރިއަކާ އެވެ.

މީގެ ސަބަބުތައް ވެސް އެމީހުން ވަނީ ކިޔައިދީފަ އެވެ. ކަރަން ޖޯހަރްގެ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 2014 ވަނަ އަހަރު ދެއްކި ސީޒަންގައި މާދުރީ އާއި ޖޫހީ އެކުގައި ބައިވެރިވި އެވެ. މި ޝޯގައި ވާހަކަ ދައްކަމުން މާދުރީ ބުނީ އޭނާ ޝާހްރުކް އާއި ސަލްމާން ޚާނާއެކު ވަރަށް ގިނަ ފިލްމުތައް ކުޅުނު ކަމަށެވެ. އަދި އާމިރު ޚާނާއެކު ވެސް ދެ ފިލްމެއްގައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭގެން އެއްވެސް އެކްޓަރަކާ ކައިވެނި ކުރާ ހިތްވާ ވަރަށް ގަޔާ ނުވެވުނު ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އޭނާގެ ހަގީގީ ހީރޯ އަކީ ފިރިމީހާ އެވެ.

ޖޫހީ ބުނި ގޮތުގައި އޭނާގެ ފިރިމީހާ ޖޭ، މާ ކުރިންސުރެ އޭނާގެ ފަހަތުން މުގޯލިއަޅައި މާ ބޮނޑިތަކާއި ހަދިޔާތައް ފޮނުވަން ފަށައިފި އެވެ. އެހެންވީމަ އެހެން އެކްޓަރަކާ ދިމާލަށް ބަލާލާނެ ފުރުސަތެއް ނުލިބުނެވެ. އޭނާއާއެކު ފިލްމު ކުޅުނު ހުރިހާ އެކްޓަރުންނަކީ ވެސް ވަރަށް ބަރާބާރު ބަޔެއް ކަމަށް ވެސް ޖޫހީ ބުންޏެވެ. ނަމަވެސް އޭނާގެ ހިތް އެކަކަށް ވެސް އަތެއް ނުލެވުނެވެ.

ޖޫހީ ބުނީ އެކްޓަރަކަށް ވާތީ އޭނާ ލޯގަނޑު ކައިރީގައި ފަރިބަލަން ހޭދަކުރާހާ ވަގުތު ފިރިމީހާ ލޯގަނޑު ކައިރީ ފަރިބަލަން ހުންނަނަމަ އޭނާ ވަރަށް ރުޅިގަދަ ވާނެ އެވެ. އެހެންވެ އެކްޓަރަކާ ކައިވެނި ނުކުރަން އޭނާ އެންމެ ފުރަތަމައިނުން ވެސް އޮތީ ނިންމާފަ އެވެ.