ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ނުޖަހާ މީހުން އެޑްމިޓް ކުރުން އިތުރު: ސީޑީސީ

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ބުނާ ގޮތުން ކޮވިޑަށް ވެކްސިން ނުޖަހާ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ އަދަދު 29 ގުނަ އިތުރެވެ.

ސީޑީސީން ބުނާ ގޮތުން ވެކްސިން ފުރިހަމަ ކުރުމުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ ނިސްބަތް ވަރަށް ކުޑަ އެވެ. އަދި ހާލު ސީރިއަސްވެ ނާއުންމީދު ވާކަށް ނުޖެހެ އެވެ.

ސީޑީސީގެ ޑައިރެކްޓަރު ރޮޝޭލް ވެލަންސްކީ ވައިޓް ހައުސްގައި ނޫސްވެރިންނަށް ވިދާޅުވީ ކޮވިޑަށް ވެކްސިން ދޭން ފެށުމުން ހާލަތަށް ބަދަލު އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑަކީ ދުނިޔެއަށް ފަރިތަ ބައްޔެއް ނޫނެވެ. އެހެންކަމުން ފަރުވާއެއް ކަށަވަރު ކުރަން ޖެހެނީ ތަޖުރިބާއިންނެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ތިބި މީހުންނަށް ވެސް ކޮވިޑް ޖެހޭ ކަމަށް ބުނެ ރިޕޯޓަރަކު ސުވާލު ކުރުމުން ވެލަންސްކީ ވިދާޅުވީ ކޮވިޑަކީ އަރިދަފުސް ރޯގާއެއް ކަހަލަ ބައްޔެއް ކަމަށެވެ. ކޮވިޑްގެ ތަފާތު ވޭރިއަންޓުން އެކި މީހުންނަށް ކުރާ އަސަރު ތަފާތު ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަސައްކަތް ކުރަނީ ކޮވިޑް ހުރިހާ ވައްތަރަކަށް އެއްބޭހަކުން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބޭސް ބޭނުން ކުރަން ތިބީ އިންސާނުން ކަމަށް ވާތި ތަހުލީލްތައް އަވަސް ކުރެވެން ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޝޭލް ވެލަންސްކީ ވިދާޅުވީ އުންމީދަކީ ދުނިޔޭގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމުން ކޮވިޑް ކޮންޓްރޯލް ކުރެވުމެވެ. ވެކްސިނުން މިހާރުވެސް އެ ތަފާތު ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.