ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޕާކިސްތާނުން ކިޔަވަން ހުޅުވާލައިފި

Aug 25, 2021

ޕާކިސްތާނުގެ ކޮމްސެޓްސް ޔުނިވާސިޓީ އިސްލާމްއާބާދު (ސީޔޫއައި) ގައި ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުން ސްކޯލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ ސީޔޫއައިގެ އަންނަ އަހަރުގެ ސްޕްރިންގް ސެމިސްޓަރު (ފެބްރުއަރީ 2022) ވަނަ އަހަރުގެ ސެމިސްޓަރުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް މިއަދުން ފެށެގެން އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ސްކީމްގެ ދަށުން ބެޗެލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ. ސްކޯލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ ޑިސެމްބަރުގެ މަހުގެ 15 ވަނަ ދުވަހެވެ.

މިނިސްޓްރީއިން ބުނެފައި ވަނީ ކޯސްތަކަށް ހޮވުމަށް ފަހު ޕާކިސްތާނަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާސް އިންސްޓިޓިއުޓެއްތޯ އާއި އަދި ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ސާފުކުރަން ވާނެ ކަމަށެވެ.