ޕާކިސްތާން

ޕާކިސްތާނުގައި ކިޔަވަން ސްކޮލާޝިޕްތަކެއް

May 13, 2021
1

ޕާކިސްތާނުގައި ހުންނަ ކޮމްސެޓްސް ޔުނިވާސިޓީ އިސްލާމްއާބާދު (ސީޔޫއައި) ގައި ކިޔަވަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ސްކޮލާޝިޕް ސްކީމްގެ ދަށުން ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ފުލް ސްކޮލާޝިޕް އަދި ސެލްފް ފައިނޭންސް ސްކޮލާޝިޕް ތަކުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުން އަމިއްލަ ހަރަދުގައި ބައިވެރިވުމުގެ ފުރުސތު ވަނި ހުލުވާލައިފަ އެވެ.

އެ ސްކޮލާޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަ ހެޅޭނީ އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއް ތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔާ އެޑިއުކޭޝަނުން އިލްތިމާސް ކޮށްފައި ވެއެވެ.