އަލީ ވަހީދު

އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭންގެ: ފުލުހުން

އަލީ ވަހީދު: ގިނަ މުވައްޒަފުންތަކެއް ވަނީ ޖިންސީ ގޯނާގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައި --
0%
0%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަަށް ފުލުހުން ބުނެފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައިވާ ކަމަށް ވަރަަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ ކަށަވަރުވެފައެވެ. އޭނާ ހައްޔަރުކުރީ ޔޫކޭގެ ފުލުހުންނެވެ.

ނަމަވެސް ފުލުހުން ދެންމެ ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށްވެސް ލިބިފައި ނެތް ކަމަށެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމު މިއަދު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ. މިއަދު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޭނާ ހައްޔަރު ކޮށްފައި މިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްގެ ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345