މާލޭ ސިޓީ ކައުންސިލް

ކާނިވާ ސަހަރައްދުގައި ގާ އަތުރަނީ

Aug 25, 2021

މާލެ ސިޓީގެ ކާނިވާ ސަހަރައްދުގައި ގާ އެތުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒިފުން ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދަކީ ވަރަށް ގިނަ ކެފޭ/ރެސްޓޯރަންތައް ހުންނަ ސަރަހައްދަކަށްވާއިރު ގިނަ ބަޔަކު އެ ތަންތަނުން ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދައެވެ. އަޑިގުޑަން ބޮޑު އަދި ވިއްސާރަ ދުވަސްތަކުގައި ވަރަށް ބޮޑަށް ފެންހެދި އެ ސަރަހައްދު ހަޑިކޮށް އޮންނާތީ އާންމުންގެ ޝަކުވާ ބޮޑެވެ.

އެ ސަރަހައްދު ރީތިކޮށް އަދި ފަސޭހައިން ޕާކުކުރެވޭނެ ގޮތްތަކެއް ހެދުމަކީ މޭޔަރު މުއިއްޒުގެ ވިސްނުންފުޅެކެވެ.