ވިޒިޓް މޯލްޑިވްސް

ޖަޕާންގެ ޓަބީ މިއުސް ޓްރެވަލް މީޑިއާއެކު ރާއްޖެ އިސްތިހާރު ކޮށްފި

Aug 26, 2021
1

ޖަޕާނުގެ އެންމެ ބޮޑު އެއް ޓްރެވަލް މީޑިއާ ކަމަށްވާ ޓަބީ މިއުސްއާއެކު ރާއްޖެ އިސްތިހާރު ކުރަން ލައިވް ތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޖަޕާނުގެ ޓަޓީ މިއުސްއާއެކު ވިޒިޓް މޯލްޑިވްސް އިން އިންޓަރެކްޓިވް ލައިވް ސެޝަން ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ތިރީސް މިނެޓަށް ދެމިގެން ދިޔަ މި ލައިވްއާ ބެހޭ ގޮތުން އެމްއެމްޕީއާރުސީ އިން ބުނީ ޓަބީއަކީ ޒުވާން ޓޫރިސްޓުންގެ މެދުގައި މަގުބޫލު މީޑިއާއެއް ކަމަށެވެ. މި ލައިވް ސެންޝަންގައި ޖަޕާނުގެ ޓޫރިސްޓުންނަށް ރާއްޖޭގެ މައުލޫމާތު ދީފައިވެ އެވެ. މިގޮތުން ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިޒަމްގައި ހުރި އެހެން މައުލޫމާތުތައް ދީފައިވާނެ ކަމަށެވެ.

މި ލައިވް ސެންޝަންގައި ކިޔައިދީފައި ވަނީ ރާއްޖެއަކީ ބޯޑަރު ހުޅުވުމަށް ފަހު ޓޫރިސްޓުން ދަތުރު ކުރަން އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލައި ރާއްޖޭގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ދީފައިވެ އެވެ.

އެމްއެމްޕީއާރުސީން އިން މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް ހާއްސަ އިނާމު ތަކެއް ވެސް ލިބޭ ގޮތަށެވެ. އެގޮތުން މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތެއް ނަގައި ދިން ރަފަލް ސްޕޮންސާކޮށްފައިވަނީ މިރިހި އައިލެންޑް ރިސޯޓުންނެވެ.

ޖަޕާނަކީ އަބަދު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ކޮވިޑާއެކު އެ ގައުމުގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޖަޕާނު ޓޫރިސްޓުން ވަނީ މަދުވެފަ އެވެ.