ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުންޑޫ

ކޮވިޑް ފެނިގެން މުންޑޫ ބަންދުކޮށްފި

Aug 27, 2021

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން ލ. މުންޑޫއަަށް އަރާ ފޭބުން މަނާކޮށްފި އެވެ.

މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫގައި ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އިއްޔެ ނެގި ސާމްޕަލްތަކުންވެސް ބައެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މުންޑޫއަށް އަރާ ފޭބުން މަނާ ކަމަށެވެ.

މުންޑޫ ހިމެނޭހެން 15 ރަށެއް މިވަގުތު އޮތީ ބަންދު ކޮށްފައެވެ.