ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑަކީ ބަޔޯވެޕަންއެއް ނޫން: ޔޫއެސް އިންޓެލިޖެންސް

ކުރިން އެމެރިކާއިން ބުނަމުން އައި ގޮތާ ހިލާފަށް ކޮވިޑަކީ ބަޔޯވެޕަން އެއް ނޫން ކަމަށާއި އަދި އެއީ ލެބޯޓަރީއެއްގައި ޖެނެޓިކް ބަދަލު ކޮށްގެން އުފައްދާފއިވާ ވައިރަހެއް ނޫން ކަމަށް އެމެރިކާގެ ނެޝަލަން އިންޓެލިޖެންސްއިން ބުނެފި އެވެ.

ޔޫއެސް އިންޓެލިޖެންސް ރިޕޯޓްގައި ބުނެފައި ވަނީ ރިޕޯޓް ތައްޔާރު ކުރުމާ ހަމައަށް ލިބިފައި ހުރި މައުލޫމާތުން އެނގޭ ގޮތުން ކޮވިޑަކީ ދުނިޔޭގެ ތަބީއަތުން އުފެދި ފެތުރެމުންދާ ބައްޔެއް ކަމެވެ.

އިންޓެލިޖެންސް ރިޕޯޓްގައި ބުނަނީ ޗައިނާއިން އެއްބާލުން ދީފި ނަމަ ކޮވިޑާމެދު ދުނިޔެ ދެކޭ ގޮތް އަދިވެސް ބަދަލު ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަށް އެނގެން އޮތް ގޮތަކީ ކޮވިޑަކީ އުފައްދާފައިވާ ރޯގާއެއް ނޫން ކަމެވެ.

އެމެރިކާއިން ދެކޭ ގޮތުން ކޮވިޑާ ގުޅުން ހުރި ނާޒުކީ މައުލޫމާތު ޗައިނާއަށް ލިބިފައިވެ އެވެ. ޗައިނާއިން ބުނަނީ ދެން އެއްބާރުލުން ދޭނީ އެމެރިކާގައި ހުރި ބަޔޯލެބްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައި ފާސް ކުރުމުން ކަމަށެވެ.

ޗައިނާއިން ބުނަނީ ކޮވިޑަކީ އެމެރިކާގެ އަސްކަރިއްޔާއިން އުފެއްދި ވައިރަހެއް ކަމަށެވެ. އެމެރިކާއިން ބުނަނީ އުފެއްދީ ޗައިނާގައި ވުހާން ލެބޯޓަރިގައި ކަމަށެވެ.

ކޮވިޑް އުފެދުނު ގޮތާ މެދު އާންމުކޮށް ބުނެވެނީ ދެގޮތަކަށެވެ. އެއީ ޖަވާރުން އިންސާނުންނަށް އެރުން އަދި ލެބޯޓާރީއެއްގައި ޖެނެޓިކް ބަދަލުކޮށްގެން އުފެއްދުމެވެ. އެމެރިކާއިން އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލިއިރު މިދެގޮތުން ކުރެ ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.