ހިޔާ މަޝްރޫއު

މިއަދު ޓަވަރުތަކުން ފެން ކެނޑޭނެ: އެޗްޑީސީ

ހިޔާ ޓަވަރު ތަކުގެ ފެނުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަން މިއަދުގެ އެކި ވަގުތު ތަކުގައި ހިޔާ ފުލެޓުތަކުން ފެނުގެ ހިދުމަތް މެދު ކަނޑާލާނެ ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) އިން ބުނެފި އެވެ.

ޓަވަރުތަކުން ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވާތީ މިއަދައް ތާވަލް ކޮށްފައިވާ ހިޔާ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މާފަށް އެދިފަ އެވެ.

މިހާރު ސޮއި ކުރުން ކުރިޔަށް ދަނީ އެކި ސަބަބުތާއި ހެދި ކުރިން ތާވަލު ކުރެވިފައިވާ ދުވަހު އެއްބަސްވުމުގައި ސޮއި ނުކުރެވިވާ މީހުނާއި އެކު އެވެ.

އެޗްޑީސީން ބުނީ މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރޫ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފުރިހަމަކޮށް އެކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް މައުލޫމާތު ފޯމު ހުށަނާޅާ ގިނަ ފަރާތްތަކެއް ތިބިކަމަށާއި މީގެތެރޭގައި ޕޯޓަލައް އެކައުންޓް ރެޖިސްޓާ ކުރުމަށްފަހު މައުލޫމާތު ފޯމު ހުށަނާޅާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

އެކި ސަބަބުތަކާއި ހުރެ ފޯމު ހުށަނޭޅިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، މާދަމާ ހެނދުނު 9:00 އިން 13:00 އަށް ހުރަވީ ސްކޫލް ހޯލުގައި، ފޯމު ފުރުމުގައި އެހީތެރިވެދިނުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެހެންކަމުން މައުލޫމާތު ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން މައުލޫމާތު ފޯމު ހުށަހެޅުމަށް އެޗްޑީސީން އެދެ އެވެ. އަދި ޕޯޓަލްގައި ރަޖިސްޓާ ވެފައިނުވާ އަދި އެއްވެސް ޒަރިއްޔާއަކުން މައުލޫމާތު ފޯމުތައް ހުށަހަޅާފައި ނުވާ ފަރާތައް ތިބިކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުގެ ލިސްޓެއް ވަނީ އާންމުކޮށްފައި ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެ ލިސްޓުގައި 107 ފަރާތެއްގެ ނަން އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.