އުރީދޫ

އުރީދޫ ފަސޭހަ ހޯމް ބްރޯޑް ބޭންޑުގެ ރީޗާޖަކަށް އިތުރު 50 ޕަސެންޓުގެ ޑޭޓާ

Aug 29, 2021

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް އިންޓަނެޓު ރީޗާޖު ކުރާ ކޮންމެ ފަހަރަކު އިތުރު 50 ޕަސެންޓް ޑޭޓާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ރީޗާޖު ކުރުމުން އިތުރު 50 ޕަސެންޓް ޑޭޓާ ލިބޭނެ އެވެ.

ގޭގެއަށް ދޫކޮށްފައިވާ ފަސޭހަ ހޯމް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތަަށް ހާއްސަކޮށް ހަ ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ. މި ޕްރޮމޯޝަން ފެށުމާއެކު އުރީދޫން ގޭގެ އަށް ދޭ އިންޓަނެޓުގެ މި ހިދުމަތް ނަގާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތްދޭތާ 16 އަހަރުވެފައިވާއިރު، އެ ކުންފުނިން ދަނީ އާ ގިނަ ހިދުމަތް ތަކެއް ތައާރަފު ކުރަމުންނެވެ.