މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކްރިއޭޓިވް އާޓްސް ފޮތްތައް ދަރިވަރުންގެ އަތުން ނަގަން އަންގައިފި

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --
0%
0%
100%

2022-2021 ވަނަ ދިރާސީ އަހަރަށް ޗާޕުކޮށްފައިވާ ގުރޭޑް އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތް އެއްވެސް ދަރިވަރަކަށް ދޫކޮށްފައިވާނަމަ އެ ފޮތް ދަރިވަރުންގެ އަތުން ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާ ނޯޓްގައި ބުނެފައިވަނީ 2022-2021 ވަނަ ދިރާސީ އަހަރު ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓްސް ކިޔަވައިދިނުމަށް ހާއްސަ ފޮތެއް ކަނޑައެޅިފައި ނުވާ ކަމަށެވެ. ނަމަވެސް މި މާއްދާ ކިޔަވައިދޭއިރު ކްލާސް ޓީޗަރުން ކިޔަވައިދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އޭ 3 ސައިޒުގެ ފޮތްތައް ހިމަނާފައިވާ ކަމަށެވެ.

މި ފޮތްތައް ސުކޫލުތަކަށް ބެހުމަށް ހަމަޖެހިފައިވަނީ ގުރޭޑް އެކެއްގެ ކޮންމެ ކްލާހެއްގެ ޖުމްލަ ކުދިންގެ އަދަދަށް ބަލާ ކޮންމެ ފަސް ކުއްޖަކަށް ފޮތެއްގެ ނިސްބަތުން ކަމަށާ މި ފޮތްތައް ހުންނަންވާނީވެސް ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށެވެ.

"މި ދެންނެވުނު އަދަދަށް ފޮތްތައް ނެންގެވުމަށްފަހު އިތުރުވާ ފޮތްތައް ރައްކާތެރިކަމާއެކު ބަލަހައްޓަވައިފިނަމަ ކުރިއަށް އޮތް ދެ އަހަރު މި ފޮތްތައް އިތުރަށް ޗާޕުނުކޮށް ވާނެ ކަމަށް ބެލެވެއެވެ. އަދި މިހާތަނަށް އެއްވެސް ދަރިވަރަކަށް މި ފޮތް ދޫކުރެވިފައިވާނަމަ ސުކޫލުން އެ ފޮތްތައް ނެންގެވުމުން އެދެމެވެ،" އެޑިއުކޭޝަންގެ ޑިރެެކްޓަރު ޖެނެރަލް ސޮއިކުރައްވާ ފޮނުއްވި ސާކިއުލާ ނޯޓްގައިވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮމެންޓެއް

ކޮމެންޓް ޖަހާކަށް ނުކެރުނު ދޯ. ބެލެނިވެރިން ސަމާލުވޭ. ސީއޭ ފޮތުގަ ހުރީ ކާލީމާ

ދިދަ ދަނޑި

ހުރިހާ ފޮތެއް ނަގަންވީ.. ދުވާލަކު 8 މާއްދާ.. ކޮންމެ މާއްދާ އަކަށް މަދުވެގެން 2 ނޫނީ 3 ފޮތް ގެންދަންޖެހޭ.. 24 ފޮތް.. ދަބަހެކޭ ހިލަ ބަސްތާއެކޭ އެއްވަރު.. އެހިފައިގެން އަރަން މިޖެހެނީ 3 ނޫނީ 4 ވަނަ ފްލޯއަށް.. މިކަމާ ވިސްނާނީ ކާކު؟؟؟

ހހހހހހހެ

ހަަހަ އޭގަ ހުރީ ހުސް ބުދާ ހިންދޫންގެ ކަލާންގެތައް ރަމްޒުކޮށްދޭ ކުރެހުން. އެހެންވެ ސްކޫލް ހުޅުވެން ދެ ދުވަހަށް ވެފަ އޮެއވާ އާޓް ފޮތްތައް ހިފެހެއްޓީ. މިހާރު މަތި ޖަހަނއސްޓރީއެއް ހެދީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910