ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

Nov 25, 2015
4
0%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އެ މައްސަލަ ފޮނުވީ މިއަދު އެވެ.

ތަހުގީގު ނިންމާ ފުލުހުން އެ މައްސަލަ ޕީޖީގެ އޮފީހަށް ފޮނުވީ މިދިޔަ ހަފްތާގަ އެވެ. ފުލުހުން ބުނެފައި ވަނީ އަދީބުގެ އެޕާޓްމަންޓަކުން ފިސްތޯލައެއް ފެނުނު ކަމަށް އެކި ފަރާތްތަކުން ބުނާތީ އެކަން ތަހުގީގު ކުރި ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ވެސް އަދީބު އާއި އެ ކުންފުނީގެ އެމްޑީ އަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ދައުވާއެއް އަދި ކުރިކަމެއް ނޭނގެ އެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ، 15-10 އަހަރުގެ ހުކުމެއް އަދީބަށް އައުން ކައިރި އެވެ. އަދީބު ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345