ޣައްސާން މައުމޫން

މިއީ ރައީސް ސޯލިހް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ވަގުތު: ޣައްސާން

ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން --
50%
50%
0%

މިވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަގުތު ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ޣައްސާން އަދި ވިދާޅުވީ މިއީ ރައީސް ސޯލިހް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ވަގުތުވެސް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފައެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލްވުމެއް މިރޭ ވަނީ ބާއްވާފައެވެ. ބައްދަލްވުމަށް ވަނީ ރައީސް ޔާމީން އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ހުށައަޅާފައެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ޣައްސާން ވިދާޅުވީ ނުފޫޒެއް އޮވެގެން ކޮށްފި ކޮންމެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށެވެ. އަދި މިއަދު އާންމުވި އޯޑިއޯތަކުން ރައީސް ޔާމީނަށް އަނިޔާ ދެނީ ސިޔާސީ ގޮތުންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ފަނޑިޔާރަކު އެއްވެސް ހުކުމެއް ނުފޫޒެއް އޮވެގެން ކޮށްފިނަމަ ގާނޫނު އަސާސީގެ ދަށުންނާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުންނާއި ޖިނާއީ އިޖްރާތުގެ ގާނޫނުގެ ދަށުން އެއީ ބާތިލު ހުކުމެއް. އެހެން ކަމުން ރައީސް ޔާމީނަށް މިއަދު ކޮށްފައިވާ ހުކުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބާތިލު، ހަރާމް ހުކުމެއް. މިއީ ސިޔާސީ ގޮތުން އެމަނިކުފާނަށް ދޭ އަނިޔާއެއް،" ގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޣައްސާން މައުމޫން އަދި ރައީސް އަބްދުﷲ ޔާމީން: ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލެއްވި --
ފަނޑިޔާރަކު އެއްވެސް ހުކުމެއް ނުފޫޒެއް އޮވެގެން ކޮށްފިނަމަ ގާނޫނު އަސާސީގެ ދަށުންނާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުންނާއި ޖިނާއީ އިޖްރާތުގެ ގާނޫނުގެ ދަށުން އެއީ ބާތިލު ހުކުމެއް. އެހެން ކަމުން ރައީސް ޔާމީނަށް މިއަދު ކޮށްފައިވާ ހުކުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބާތިލު، ހަރާމް ހުކުމެއް. މިއީ ސިޔާސީ ގޮތުން އެމަނިކުފާނަށް ދޭ އަނިޔާއެއް
ޣައްސާން މައުމޫން | ޕީޕީއެމްގެ ނާއިބު ރައީސް

ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ނުފޫޒު ފޯރުވާ އިއްވި ހުކުމްގެ ފަހަތުގައި ތިއްބެވި ބޭފުޅުން ހޯއްދަވާނެ ކަމަށެވެ. އަދި އެކަމުގެ ޒިންމާ އެންމެ ބޮޑަށް ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހް ކަމަށެވެ. ޣައްސާން ވިދާޅުވީ ރައީސް ސޯލިހާއި މިކަމުގައި ބައިވެރިވި ހުރިހާ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ދުވަހެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީން މަސައްކަތް ކުރަމުން މި ގެންދަނީ މިކަމުގައި އަޑީގައި ތިބި މީހުން ދެނެގަންނަން. މިކަން މިހެން ރާވައިގެން އެމަނިކުފާނަށް އަނިޔާ މި ދެނީ ކޮން ބައެއްކަން އަޅުގަނޑުމެން ހޯދާނަން. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޒިންމާ ގޮސް ނިމޭނީ ދައުލަތުގެ އެންމެ އިސްވެރިޔާއާ ހަމައިން. އެއީ ރައީސުލްޖުމްހޫރިއްޔާ. މިކަމުގެ ފުރިހަމަ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހޭނެ. މިދަނޑިވަޅަކީ މިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލައިގެން ސިޔާސީ ގޮތުން މުޅި ގައުމު ފަނާކޮށްލަމުން ގެންދާތީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވާ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ވަގުތެއް. ކޮންމެވެސް ދުވަހަކުން ރައީސް ޔާމީނަށް މިދޭ އަނިޔާގެ ބަދަލުގައި އެ ފަރާތްތައްވެސް އިންސާފުގެ ކުރިމައްޗަށް އަންނާނެކަން މާތްﷲގެ އިރާދަފުޅާއެކު ޔަގީން،"

ޣައްސާން މިރޭވެސް ވިދާޅުވީ 2023 ގެ އިންތިހާބުގެ ކުރީން ރައީސް ޔާމީން މިނިވަންވާނެ ކަމަށާ އިންތިހާބުގައި ވާދަކޮށް ކާމިޔާބުވެސް ހޯއްދަވާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަނީދު

ސޯލިހުއާއި ނަޝީދު ޖެހޭނެ ގައުމީ އިސްތިގުލާލާއި މިބިވަންކަން ބަލިކަށިވާގޮތައް ގައުމުގެ މުހިންމު ބަޔެއް ކަންކަމައް ހީނަރުވާނޭހެން ބޭރުގައުމުތަކައް ބުރަވެ އެގުރީމަންޓުތައްކޮއް ދައުލަތައް ޣައްދާރުވިކަމުގެ ޒިންމާ އުފުލައި ޝަރީއަތް ކުރަން.

ޟައިނީ

ސޯލިހައްވެސް އެދުވަސް އަންނާނެ أَن يَشَاءَ اللَّهُ. ކުރިކޮންމެ ކަމެއް ކޮންމެ މީހަކާވެސް އަރާހަމަކުރާނެ. ސޯލިހު ހަމަ މަވެތިވެފަ ދުނިޔެބޭނުންވެފަހުރިވަރުން ބިރުކުޑައީ.

ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

މަޖްލިސް މެމްބަރުން އިބޫ އޮފީހަށް ގެންގޮސްގެން ބައްދަލު ކުރުމުގެ ޙައްޤު އިބޫ އަކަށް ނޯންނާނެ. މިއީ ރިޔާސީ ނިޒާމެއް. މި މައްސަލަ އަކީ ޢަބްދުﷲ ޤާޒީ ގެ މައްސަލަ އަށް ވުރެ ބޮޑު މައްސަލަ އެއް. މަޖްލިސް މެމްބަރުންނާއި އިބޫ އޮފީހުގައި އިބޫ ބައްދަލު ކުރާކުރުން ހުއްޓުވަން ވެއްޖެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345