ފިނިޕޭޖް

އަމީތާބު "ޗެހެރޭ" ކުޅެދިނީ ހިލޭ

އަމީތާބާއި އިމްރާން "ޗެހެރޭ" ގެ ޝޫޓިންގްގައި
0%
0%
0%

އަމީތާބު ބައްޗަންގެ އާ ފިލްމު "ޗެހެރޭ" އޮގަސްޓް 27 ގައި ވަނީ ރިލިޒް ކޮށްފަ އެވެ. މި ފިލްމަކީ މިސްޓްރީ-ތުރިލާ އެކެވެ. އަމީތާބުގެ އިތުރުން ރިއާ ޗަކްރަބަތީ އާއި އިމްރާން ހާޝިމީ ފިލްމުގައި ބައިވެރި ވެފައި ވެއެވެ.

މި ފިލްމު ކުޅެން އަމީތާބު އެއްވެސް އަގެއް ނުނަގަ އެވެ. ފިލްމުގެ ސްކްރިޕްޓް ކިޔާފައި އެ ސްކްރިޕްޓާ ހިތްހަމަ ޖެހުނުލެއް ބޮޑުކަމުން ފިލްމު މުޅިން ހިލޭ ކުޅެ ދޭން އަމީތާބު ނިންމީ އެވެ. އަދި ޕްރޮޑިއުސަރުން ފައިސާ ދޭން ބުނުމުން ވެސް އޭނާ ފައިސާ ހިފަން ވަނީ ދެކޮޅު ހަދާފަ އެވެ.

"ޗެހެރޭ" ގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ބުނި ގޮތުގައި ފިލްމަށް އަގު ނުނެގުމުގެ އިތުރުން ފިލްމު ޝޫޓިންގްތަކަށް ކުރި ދަތުރުތަކަށް ވެސް އަމީތާބު އަގެއް ނުނަގަ އެވެ. އަދި އެހެން ގައުމުތަކަށް ޝޫޓް ކުރަން ދާން ޗާޓަރު ކުރި ފްލައިޓް ތަކަށް ވެސް ފައިސާ ދެއްކީ އަމީތާބެވެ.

"ޗެހެރޭ" ގެ ރިވިއުތަކުގައި އެންމެން ވެސް އަމީތާބަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ. އުމުރުން އެހާ ދުވަސްވެފައި ހުރިއިރު ވެސް އެހެން އެކްޓަރުންނަށް އަމީތާބުގެ ކުރިމަތީގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ފިލްމު ބެލި މީހުން ބުނެފައި ވެއެވެ.

ރޫމީ ޖެފްރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ސިދާންތު ކަޕޫރާއި އަންނޫ ކަޕޫރު ވެސް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345