ފިނިޕޭޖް

އަމީތާބާއެކު ފިލްމެއް ކުޅެވޭތީ ރަޝްމިކާ އުފަލުން

ރަޝްމިކާ އާއި އަމީތާބު "ގުޑްބައި" ގެ ފުރަތަމަ ޝޮޓް ދެނީ
0%
0%
0%

ބަތަލާ ރަޝްމިކާ މަންޑަނާއަށް އަމީތާބު ބައްޗަން އާއެކު ފިލްމެއް ކުޅެން ލިބުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމެވެ. ސައުތު އިންޑިއާ ފިލްމުތައް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ރަޝްމިކާގެ ފުރަތަމަ ހިންދީ ފިލްމު "ގުޑްބައި" ގައި އޭނާގެ ކޯސްޓާރަކީ އަމީތާބެވެ.

ދާދިފަހުން ރަޝްމިކާ ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާގެ އާ ފިލްމުގެ ކޯސްޓާރަކީ އަމީތާބު ކަން އެނގުމުން މައިންބަފައިން ވެސް އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި ތިބި ކަމަށެވެ. މައިންބަފައިންނަކީ އަމީތާބުގެ ފޭނުން ކަމަށް ވެފައި އަހަންނަށް އެފަދަ ފުރުސަތެއް ލިބުނުކަން އެނގުމުން އެ މީހުންނަށް އެކަން ގަބޫލު ކުރަން ވެސް ދަތިވި ކަމަށެވެ.

"ޓީޗަރަކު ދަރިވަރަކަށް ދޭވަރަށް މަންމަ އާއި ބައްޕަ އަހަންނަށް ނަސޭހަތް ދިން. އަމީތާބާއެކު ޝޫޓް ކުރާއިރު ރަނގަޅަށް ފަރުވާ ބަހައްޓައިގެން ޑައިލޯގްތައް ފަރިތަކޮށް ހަނދާން ބަހައްޓައިގެން ޝޫޓް ކުރައްޗޭ ވެސް ބުނި،" ރަޝްމިކާ ބުންޏެވެ.

ރަޝްމިކާ ބުނި ގޮތުގައި "އަމީތާބު ބައްޗަން" އެ ނަމަކީވެސް އޭގެ ޒާތުގައި ގަދަރުވެރި ނަމެކެވެ. ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ އާއެކު އަމީތާބުގެ ފިލްމުތައް އޭނާ ބަލާ ކަމަށް ވެސް ރަޝްމިކާ ބުންޏެވެ.

"ގުޑްބައި" އަކީ ވިކާސް ބާލް ޑައިރެކްޓްކޮށް އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ރަޝްމިކާއަށް މިހާރު ބޮލީވުޑް އިތުރު ފިލްމެއް ވެސް ކުޅެން ލިބިފައި ވެއެވެ. އެ ޕްރޮޖެކްޓަކީ "މިޝަން މަޖްނޫ" އެވެ. މި ފިލްމުގައި ރަޝްމިކާގެ ކޯސްޓާރަކީ ސިދާރްތު މަލްހޯތުރާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345