އެތެރޭގެ އުދުހުންތައް ދޭ މަޝްހޫރު ޓޫރިޒަމް ކުންފުނި މަންޓާ އެއާ އިން އަށް ވަނަ ސީޕްލޭނެއް ރާއްޖެ ގެނެސްފި އެވެ.
މަންޓާ އެއާއިން ބުނީ އެ ކުންފުނީގެ އާ ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައި ވަނީ އިއްޔެ ހަވީރު އެވެ. މި ބޯޓު ގެނައި ނަމަވެސް ސީޕްލޭން ދަތުރުތައް ފަށާނަމަ ފުރޮޅުތަކުގެ ބަދަލުގައި މޫދަށް ޖައްސާ ހާއްސަ ކޮށްފައިވާ ކަނދު ހަރުކުރަން ޖެހޭނެ އެވެ.
މި ބޯޓު ވެސް ރާއްޖެ އައިސްފައި ވަނީ ސީޕްލޭން އުފައްދާ މަޝްހޫރު ކެނެޑާ އިން ފުރައިގެންނެވެ. މީގެ ބޯޓެއް ރާއްޖެ އަންނަން އާއްމުކޮށް ހަފުތާއެއް ނަގަ އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް އެންމެ ފަހުން ނުކުތް ކުންފުނި ކަމަށްވާ މަންޓާ އެއާގައި އަށް ސީޕްލޭން ބޯޓު ބޭނުން ކުރާއިރު، މި ބޯޓުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު ވެސް ބޭނުން ކުރެ އެވެ.
މަންޓާ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ނުކުތުމާއެކު ހިދުމަތްތައް ފަސޭހަ ވެގެންގޮސްފައިވެ އެވެ. އެގޮތުން ކުރިއާ ހިލާފަށް ކަނެކްޝަން ފްލައިޓްތަކާ ދިމާވާ ގޮތަށް ދުރާތާ ޝީޓްތައް ބުކްކޮށްލުން ފަދަ ހިދުމަތްތައް ލިބެ އެވެ. މި ކުންފުނީގެ މައި މަރުކަޒު ހުންނަނީ ދ. ކުޑަހުވަދޫގައި އޮންނަ ދ. އެއާޕޯޓުގަ އެވެ.