ރާއްޖެ ކުޅިވަރު

ކުލަބު މޯލްޑިވްސް ކަޕުން ޖާގަ ދެނީ 32 ޓީމަށް

މިދިޔަ އަހަރުގެ މުބާރާތުގެ ތަށި އެސްޓީއޯ އުފުލާލަނީ: މި އަހަރުގެ މުބާރާތުގައި ބައިވެރިކުރާނީ 32 ޓީމު.
0%
0%
0%

ކުލަބު މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް 32 ޓީމާއެކު އަންނަ އަހަރުގެ މާޗު ބާއްވަން ތާވަލްކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގައި ކުރިން 36 ޓީމަށް ފުރުސަތު ދެމުން އައި ނަމަވެސް ހަތަރު ޖާގަ އުނިކުރަން ނިންމީ މުބާރާތް ކުރިއަށް ގެންދަން ފަސޭހަކުރުމަށްޓަކަ އެވެ.

މި މުބާރާތުގެ އަންހެން ބައިގައި ބައިވެރިކުރާނެ ޓީމުތަކުގެ އަދަދު މުޅިން ފައިނަލް ނުކުރެ އެވެ.

ކުލަބު މޯލްޑިވްސް ކަޕުގައި އާއްމުކޮށް ބައިވެރިވަނީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންނެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އެސްޓީއޯ އެވެ. ހަތަރު ވަނަ ފަހަރަށް އެސްޓީއޯ ތަށި ހޯދީ ފައިނަލުގައި އެލައިޑް އިންޝުއަރެންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްފަ އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ. އެއީ ފައިނަލުގައި ޕޮލިސް ކުލަބާ ވާދަކޮށް 6-2އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތައްޓާއެކު އިމިގްރޭޝަނުގެ ޓީމު. މި އަހަރު ވެސް މުބާރާތުގައި ވާދަކުރާނެ.
Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345