ރާއްޖެ ކުޅިވަރު

ގައުމީ ބާސްކެޓްބޯޅަ ސްކޮޑަށް ފުރުސަތު ހުޅުވާލައިފި

އުމުރުން 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި ފުރުސަތު ހުޅުވާލައިފައިވަނީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ގައުމީ ބާސްކެޓްބޯޅަ ސްކޮޑުގައި ބައިވެރިވުމަށެވެ.

މިކަމަށް ޝައުޤުވެރިކަން ހުރި ކުޅުންތެރިން މިމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކަމާ ގުޅޭ ފޯމު ފުރާ ހުށަހަަޅަންޖެހެ އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ މުބާރާތާ ގުޅިގެންނެވެ.

ސްކޮޑަށް ހޮވޭ ކުޅުންތެރިންނަށް ކުރިއަށް އޮތް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.