ވިޔަފާރި

އެމްޓީޑީސީގެ ހިއްސާތަކެއްގެ މައްސަލައިގައި ވިލާ ޖޫރިމަނާކޮށްފި

Nov 25, 2015
1

ޓޫރިޒަމް ވިޔަފާރި ކުރުމަށް ރައްޔިތުން ހިއްސާވެގެން އުފެއްދި ކުންފުނި، އެމްޓީޑީސީގެ ހިއްސާގެ މުއާމަލާތްތަކެއް ގާނޫނުތަކުގެ ބޭރުން ހިންގާފައިވާތީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ އިންނަ އެ ކުންފުނި ޖޫރިމަނާ ކުރި މައްސަލައިގައި ސީއެމްޑީއޭއިން މިއަދު ބުނީ ޖޫރިމަނާ ކުރަން ޖެހުނީ އެ ކުންފުނިން އެމްޓީޑީސީގެ މުއާމަލާތްތަކެއް 2006 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ތެރޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނަށް ހިލާފަށް އެމްޓީޑީސީގެ ހިއްސާގެ މުއާމަލާތްތަކެއް ކޮށްފައިވާތީ ކަމަށެވެ.

އެ މައްސަލަޔާ ގުޅުން ހުރި މައްސަލައެއް ފުލުހުން ވެސް ބަލައި ތަހުގީގު ކުރުމަށް ޕީޖީ އޮފީހަށް ވެސް މީގެ ކުރިން ފޮނުވާފައިވެ އެވެ.