އެމްޓީސީސީ

ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ފަށައިފި

Aug 30, 2021

ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިއްގަރުގެ ބިން ހިއްކުމާއި ގޮންޑުދޮށް ހިމާޔަތް ކުރުމުގު މަސައްކަތް ފަށާފައިވަނީ މިއަދު އެވެ. މިމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން މިހާރު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 384 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 287 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 121.84 މިލިއަންގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.