އެމްޓީސީސީ

ދިއްގަރު އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

Sep 7, 2022

މ. ދިއްގަރުގައި އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 1.470 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މި މަޝްރޫއަކީ 210 ދުވަސް ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ. މިއީ 17.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުންފަދަ މަސައްކަތްތައް ސަރުކާރުން އެންމެ ގިނައިން ހަވާލުކުރާ ކުންފުންޏަކީ އެމްޓީސީސީ އެވެ.