ވިޔަފާރި

އެންމެ ސްމާޓް ހިޔާލު ހުށަހަޅައިގެން އުރީދޫގެ ބައިލައްކަ ރުފިޔާ މިޒްނާއަށް

އުރީދޫ ސްމާޓް ފޯ ވިމެން ކާމިޔާބުކޮށް، މިޒްނާ ގާސިމް އީ-ޕޭރަންޓް ސްޕޯޓް ގްރޫޕެއް ހެދުމުގެ ފުރުސަތު ހޯދައިފި އެވެ.

އުރީދޫން "އަޔޯލީ ރެސްޓޯރެންޓު" ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް އައިޑިއާސް ފޯ ވިމެން ޗެލެންޖު ކާމިޔާބުކުރި މިޒްނާ ގާސިމްއަކީ ޖަމާލުއްދީން ސްކޫލްގެ ޓީޗަރެވެ. މިޒްނާއަށް މި މުބާރާތް ކާމިޔާބު ކުރުމާއެކު އިނާމެއްގެ ގޮތުގައި އުރީދޫން އިން ވަނި ބައިލައްކަ ރުފިޔާ ދީފަ އެވެ. އޭނާ މި މުބާރާތުގައި ތައްޔާރުކޮށްފައިވަނީ "އީ-ޕޭރަންޓް ސަޕޯޓް ގްރޫޕެވެ." މި ގްރޫޕު ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މައިންނަށް، ކުދިންގެ ދިރިއުޅުން ދެނެގަނެ، ދިމާވާ އަހުލާގީ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީ، އެކަމަށް ހައްލު ގެނެސް ދިނުމުގެ މައްޗަށެވެ.

އުރީދޫ ސްމާޓް ފޯ ވިމެން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖީއެސްއެމްއޭ "ކަނެކްޓް ވިމެން" ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމް ހާއްސަކުރެވިފައިވަނީ މޮބައިލް ބޭނުން ކުރައްވާ ފަރާތްތަކުން ފެށިގެން މޮބައިލް އިންޑަސްޓްރީގައި ހަރަކާތެރިވާ މުވައްޒަފުންނާއި އިސްވެރިންގެ ތެރޭގައި އަންހެން ބޭފުޅުންގެ ހިއްސާ އިތުރުވުމާއެކު ލިބިގެންދާ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާތަކެވެ. ވިމެން އޮންބޯޑްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޗެލެންޖުގައި ދިވެހި އަންހެނުންނަށް މި ވަގުތު ދިމާވަމުންދާ ގޮންޖެހުންތައް ދިރާސާކޮށް، ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހައްލު ގެނެސްދޭނެ ގޮތް ކިޔައިދީފައިވެ އެވެ.