އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސިޓީގެ ހިތަދޫ އަވަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ފިރިހެނަކު ހުންނާނެ ތަނަކާއި އޭނާ ބަލައިދޭނެ ދެ މީހަކު ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ތަފްސީލް މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ސިޓީ ކައުންސިލަށް ހުށެހެޅުމަށް އެދިފައިވެ އެެވެ.
ދުވަސްވީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލްގެ އިއުލާންގައި ހިއްސާކޮށްފައެއް ނުވެ އެވެ.
އުމުރުން ދުވަސްވެ އަމިއްލައަށް ނޫޅެވޭ ހާލަތަށް ގޮސް އަޅާލާނެ މީހަކު ނެތް ބައެއް މީހުން ބަލައިދޭނެ ފަރާތްތައް ހޯދަން އެހެން ރަށްރަށުންވެސް މީގެ ކުރިން އިއުލާން ކޮށްފައިވެ އެވެ.