ވެމްކޯ

ކުނި މަގުމައްޗަށް ނުނެރޭތި، ގެތަކަށް ބަލާދާނަން: ވެމްކޯ

ވެމްކޯގެ މުވައްޒަފެއް ކުނި ނެގުމުގެ މަސައްކަތް ކުރަނީ: އެ ކުންފުނިން ދެން ކުނި ނަގާނީ ގެތަކަށް ގޮސްގެން --- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
0%
0%
100%

މާދަމާއި ފެށިގެން ވެމްކޯއިން ކުނި ބަލައި ދާނީ ގޭގެއަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. އަދި ކުނި ކޮތަޅުތައް މަގުމައްޗައް ނުނެރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުނި ނެގުމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދާތީ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ އިއުއޮއްސި 6:00 އިން 7:00 އާއި ދެމެދުގެ ވަގުތެއްގައި ބުނެފައިވެ އެވެ.

ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށާއި އެ ގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.

"ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 8:00 އިން 11:00 ދެމެދުގައި. މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާނެ. އަދި ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ގެތަކަށް." ބަޔާނުގައިވެ އެވެ.

މަގުމަތީ ކުނި ބެހެއްޓުން ސިޓީ ކައުންސިލުން މަނާކުރުމާއި ގުޅިގެން އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެ އެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އަންގާފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ ގޮތައް އާންމުން އަމަލު ކުރުމަށްވެސް އެދިފައިވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބުނަންތޯ

ހިތަށް އަރަނީ ވެމްކޯގައި ތިއްބަވާ ވެރިންނަށް "ލޮޖިސްޓިކްސް" ކިޔާ ބަހުގެ މައުނަ އެނގޭބާއޭ. ހުސްވިމަހުގަވެސް މަގުމަށްޗަށް ކުނި ނުނެރުމަށާ އަދި ގޭގޭގެ ވަކިވަކި ފަންގިފިލާއިން ކުނިނަގާނެ ކަމަށް އޮތް ލިޔުމެށް... އެކަންވެސް ނުވެދިޔައީ މީކީވެސް ވާނެ ކަމެއްހެނެށް ހިޔެއްނުވެ، މާލޭގަ ގިނައީ ބުރިބުރިޔަށް ނަގާފައި ހުންނަ އިމާރާތް، ތިރީގައި މިހުންނަނީ ކިރިޔާ ހިނގާލެވޭ ގޯޅިކޮޅެއް (ހުރިހާ އިމާރާތުގަނޫނަސް) 10 ފަންގިފިލާގައި އެބައުޅޭ މަދުވެގެން 10 ޢާއިލާ ނުވަތަ އެއަށްވުރެ ގިނައިން، އެއްމެންގެ ކުނިތިރީގައި އިމާރާތުގެ އެތެރޭގައި ބަހައްޓަން މިޖެހެނީ 6ޔަކުން ހަތަކަށް، ނަގަން މިއަންނަނީ 8ށަކުން 11ޔަށް މީކިހިނެތް ވާނެކަމެއްބާއޭ ހިތަށް އަރަނީ.

ބޮޑުބެ

ބުރިބުރިޔައް ހަދާފަ އެތަކެއް އަޕާޓްމެންޓް ހުންނަގޭގޭގެ ގްރައުންޑްފްލޯ އެއީ ވެމްކޯއިންކުއްޔައް ހިފާފައޮތްތަނެއްތަ؟. ވެމްކޯގެ ކުނިނެރެން އަމުރުކުރަން. ހަމައިގަތިބޭ. ގޭގޭގަ ކުއްޔައްއުޅޭފަރާތްތަކުގެ ކުނި ގޭގެ އެހެންއެއްވެސްތާކައް ނޭޅޭނެ، އަޕާޓްމެންޓްތަކުގެ ދޮރުމަތިންކުނިނަގާ. އެހެންނޫނީ މަގުމައްޗައްނެރޭ.

ބަރުބާދު

ތީކީ ތިކަން ކުރެވޭނެގޮތެއްނޫން، ގިނަގޭގެޔަކީ ތިރީގަވަދެނިކުތުމައް ކުޑަޖާގައެއް އޮނަނަގޭގެ، ކިހިނެއްބާ އެތާދޮރުމައްޗައް ކުނި ޖަމާކޮއްފަބަހައްޓާނީ ނުބެހެއްޓޭނެ، ވެމްކޯއިންޖެހޭނީ އެޕާޓްމެންޓްތަކުގެ ދޮރުމަތިން ކުނިނަގަން އެހެންނޫނިއްޔާ މަގައްނެރޭނީ.

ލާމު

މިޔަކުން ވާނުވާ ނޭނގުނު

އަސްލު

މަގުމަތިން ނެގިޔަސް އަދި ތިރީ ފަންގިފިލާއިން ނެގިޔަސް ކީއްވެހޭ ވަކިވަކި ފަންގިފިލާތަކުން ކުނި ނަގާ ރޭޓް ގަ -/150 ރުފިޔާ ނަގަނީ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345