ހަބަރު

ޖުމްހޫރީ ދުވަހަށް މާލެ ސަރަހައްދުގެ މަގުތައް ސާފުކުރަނީ

މާލެ ސިޓީގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
0%
0%
0%

ޖުމްހޫރީ ދުވަހާ ގުޅިގެން މާލެ ސަރަހައްދުގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު ފެށި މި މަސައްކަތުގެ ތެރެއިން ގޮނޑު ކޮށްފައިވާ މާލޭގެ މަގުތަކުން ކުނިތައް ނަގާ ސާފު ކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ގުރޫޕު ތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ހުޅުމާލެއާއި ވިލިމާލޭގެ މަގުތައް ވެސް ސާފު ކުރާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހަފްތާއެއްގެ ތެރޭގައި މުޅި މާލެ ސިޓީ ސާފު ކުރުމަށް އަމާޒް ހިފާފައިވާއިރު މި މަސައްކަތުގައި ސިޓީ ކައުންސިލުގެ ހުރިހާ މުވައްޒަފުން ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ. އަދި ވެމްކޯގެ 30 އަށް ވުރެ ގިނަ މުވައްޒަފުން މި މަސައްކަތުގައި ބައިވެރިވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި މަސައްކަތަކީ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރަން ފެށި މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. ޖުމްހޫރީ ދުވަހަކީ މި މަހުގެ 11 ވަނަ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345