މާލޭ ސިޓީ ކައުންސިލް

ބްލޮކް ވެރިއަކަށް މަހަކު 1000 ރުފިޔާ

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ބްލޮކް ވެރިއަކަށް މަހަކު 1000 ރުފިޔާ ދޭން މާލެ ސިޓީ ކައުންސިލުން ފާސްކުރި -- ފޮޓޯ: އަވަސް
0%
0%
0%

ބްލޮކް ވެރިއަކަށް މަހަކު 1000 ރުފިޔާ ދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލު ވުމުގައި މާލޭ ސަރަހައްދުގައި ކަނޑައަޅާފައިވާ ކޮންމެ ބޮލޮކެއްގެ ވެރިއަކަށް 1000 ރުފިޔާ ދޭން މޭޔަރު މުއިއްޒު ހުށަހެޅުއްވި އެވެ. އޭނާގެ އެ ހުށަހެޅުން ފާސްވީ ކައުންސިލްގެ 10 މެމްބަރުންގެ ވޯޓުން ނެވެ.

ބްލޮކް ވެރިންގެ މަގާމަށް ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ. ބްލޮކް ވެރިން ހޮވާ އިންތިހާބު ބާއްވަން ތާވަލް ކުރީ މި މަހުގެ 30 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު އެ ތާރީހުގެ ވަނީ ފަސްކޮށްފަ އެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުގައި ބްލޮކް ވެރިންގެ މަގާމަށް ޝައުގުވެރިވާ ފަރާރްތަކުން ކުރިމަތިލާން އިތުރު 45 ދުވަހުގެ މުއްދަތު ދޭން ވެސް ފާސް ކުރި އެވެ.

ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށްވުމާއި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ ނުވުން ހިމެނެ އެވެ. މީގެ އިތުރުން އެއްވެސް މީހަކަށް ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކޮށްފައިވާ މީހެއް ކަމުގައި ނުވުމާއި ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރިތާ ތިން އަހަރުވެފައިވުމާ އިންތިހާބު ކުރާ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ.

ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތަކީ ބްލޮކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ދިރިއުޅުމުގެ ހާލަތު ބެލުމާއެކު ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރަން ކުރެވިދާނެ ކަންކަން ކައުންސިލަށް ހުށަހެޅުމެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހުޅުވާލާށޭ

މާލެ ސިޓީ ކައުންސިލުން މާލޭ ދަފްތަރު ބަންދުކުރުން އެއީ ކުރެވޭނެ ކަމެއް ނޫނޭ އެއީ ގާނޫނު އަސާސީއާއި ޚިލާފު ކަމެކޭ ދަފްތަރު މިހާރުން މިހާރަށް ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ ހުޅުވާލާށޭ

ނުވާނެއޭ

ބްލޮކް ވެރިއަކަށް މަހަކު 1000 ރުފިޔާ ހަމަޖެއްސުން އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރުން މިހާރަށް މާލެ ސިޓީ ކައުންސިލުން މާލޭ ދަފްތަރު ހުޅުވާލާށޭ ދަފްތަރު ބަންދު ކޮށްފައި ހުރުމުގެ ސަބަބުން ދަފްތަރު ގައި ޖެހެން ބޭނުންވާ މީހުންނަށް އެކަން ނުވެއޭ އެއީ އެމެން ވަރަށް ބޮޑަށް ޝަކުވާ ކުރާ ކަމެކޭ ދަފްތަރު ނުޖެހޭނެއޭ ބަންދުކުރަން އަދި ދަފްތަރުގައި ޖެހެން އޮންނަ ގޮތް މިހާރަށް ވުރެން ވެސް ފަސޭހައޭ ކުރަން ޖެހޭނީ މާލޭގެ އިގްތިސާދު ކުރިއަރަނީ ދަފްތަރު މީހުންނާއި ހެދިއޭ މާލޭ ދަފްތަރުގަިއ ޖެހޭނެއޭ 2022 ނިމުމުގެ ކުރިން 150 ހާސް މީހުން ޖައްސަން އެކަން ކުރަން މާލެ ސިޓީ ކައުންސިލުން ދަފްތަރު ހުޅުވާލާށޭ އެހުޅުވާލި ނަމަވެސް ދަފްތަރު ގައި ތިބި މީހުންގެ ތެރޭން ގޯތި ނެތް މީހުންނަށް މާލެ ސަރަހައްދުން ގޯތި ދެވޭނެއޭ ދަފްތަރުން މީހުން އުނި ކުރަން ޖެހޭނީ އެމެންނަށް މާލެ ސަރަަހައްދުން ގޯއްޗެއް ލިބުމުންނޭ އެމެން ފްލެޓް ގައި ރަޖިސްޓްރީ ކޮށްގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ

ފާތުމަ

ދބަޖެޓަށް ބާރު ބޮޑުކުރުން ބޭނުމަކީ ކިތަެއް ބްލޮކް ހަމަ އެކަނި މި މާލޭގަ ވެސް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345