މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެޑެކްސެލް އޭއެސް އިމްތިހާން ފަސްކޮށްފި

Sep 1, 2021
1

ގްރޭޑް 11 ގެ ދަރިވަރުން އެންމެ ފުރަތަމަ ހަދާ އިމްތިހާން ކަމުގައިވާ އެޑެކްސެލް އޭއެސް އިމްތިހާން ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ އެ އިމްތިހާން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ މެއި / ޖޫން ގައެވެ.

ނަމަވެސް ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށެނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. އެހެންކަމުން މެއި މަހު އިމްތިހާން ހަދަން ދަރިވަރުން ފުރިހަމައަށް ތައްޔާރު ނުވެދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ، މިނިސްޓްރީން މިހާރު ވަނީ އިމްތިހާން ފަސްކުރުމަށް ނިންމައި ސުކޫލްތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ.

ސާކިއުލާގައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ޕްރިންސްޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުން ހުށައަޅާފައިވާ ގޮތަށް ގްރޭޑް 11 އިގެ ދަރިވަރުން އެޑެކްސަލް އޭ އެސް ލެވެލްގެ އިމާތިހާން އަންނަ އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަފރިވަރުންގެ ކިޔެވުމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އޭގެ ތެރެއިން އިމްތިހާންތައް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ދިޔަ އެވެ. އޯލެވެލް އަދި އޭލެވެލް އިމްތިހާން ވެސް ލަސްވި އެވެ.