އެމްޑީޕީ

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަކަށް އަނަސް

Sep 1, 2021
2
އަނަސް އަބްދުއްސައްތާރު މީގެކުރިން އަވަސް އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްގެ މަގާމަށް އަނަސް އަބްދުއްސައްތާރު އިންތިހާބުކޮށްފި އެވެ.

އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްގެ މަގާމަށް އަނަސް ހޮވާފައިވަނީ އެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ. މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވަނީ އަނަސް އަށް ވޯޓު ދެއްވާފަ އެވެ.

ނުވަ މެންބަރުން ހިމެނޭ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް މެންބަރުން ހޮވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. މިބައްދަލުވުމުގައި ގައުމީ މަޖިލީހުގެ 124 މެންބަރަކު ބައިވެރިވެފައިވެ އެވެ.

އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް މެންބަރުން ނެރުއްވިއިރު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވާދަކުރެއްވި ބޭފުޅުންނެވެ.

އެމްޑީޕީގެ އިސްތިއުނާފް މަޖިލީހަށް ހޮވުނު މެންބަރުން

  • އާދަމް މާހިރު
  • ފާތިމަތު އިނާޝާ
  • އަހްމަދު މައުރޫފު
  • އަހްމަދު ނިޝާދު
  • ހުސައިން ރަޝީދު
  • އަހްމަދު ރިޝްވާން
  • އިބްރާހިމް މުހައްމަދު ދީދީ
  • ނައުޝާދު އަބްދުލް އަޒީޒް
  • އަނަސް އަބްދުއް ސައްތާރު
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މެންބަރުން -- ފޮޓޯ: އެމްޑީޕީ

އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަކީ ގާނޫނީ ވަކީލަކަށް ވުމަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި ޝަރުތުކޮށްފައިވެ އެވެ. އަލަށް ހޮވުނު އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ހަތަރު ބޭފުޅުންނަކީ ވެސް ގާނޫނީ ވަކީލުންނެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިވަގުތު ހުންނެވި އަނަސް އަބްދުއްސައްތާރު މީގެކުރިން ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި އަނަސް ވަނީ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ވެސް ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345